09 Feb 2012, 15:43
ކޮލޯން ދޫކޮށް އެހެން ކުލަބަކަށް ނުދާނެ ކަމަށާއި ފުޓުބޯޅަ ކެރިޔަރު ނިންމާލާނީ އެކުލަބުގައި ހުރެކަމަށް އެޓީމުގެ ޖަރުމަން ފޯވާޑް ޕޮޑޮލްސްކީ ބުނެފި އެވެ.
"ކުލަބަކުން ހުށަހެޅުމެއް ލިބިއްޖެއްޔާ ކުލަބަށް އެނގޭނެ. ކުލަބުން އަހަރެން ބޭނުންނުވާނަމަ އަހަރެން އެހެން ކުލަބަކަށް ދާނަން. އެކަމަކު އަހަރެން ބޭނުންވަނީ ކޮލޯންގައި ހުރެ ކެރިޔަރު ނިންމާލަން. އަހަރެންނަށް ވަރަށް ގިނަ ހުށަހެޅުންތައް އެބަ ލިބޭ." ޕޮޑޮލްސްކީ ބުންޏެވެ.
ޕޮޑޮލްސްކީ އަށް އިނގިރޭސި ކުލަބު އާސެނަލް އިން ވެސް ހުށަހެޅުމެއް ހުށަހަޅާފައިވާ ކަމަށް ކުރިން އޭނާގެ އެޖެންޓް ބުނެފައި ވެއެވެ. ނަމަވެސް ޕޮޑޮލްސްކީ އެކުލަބާއި ވާހަކަ ނުދައްކާކަމަށް އޭނާ ވަނީ ކަށަވަރު ކޮށްދީފައެވެ. ޕޮޑޮލްސްކީ އަކީ ބެޔާން މިއުނިކަށް ކުރިން ކުޅުނު ޖަރުމަން ގައުމީ ޓީމުގެ ތަރި އެކެވެ.