09 Feb 2012, 15:41
ސްޕެއިންގެ ރެއާލް މެޑްރިޑުން އޭސީ މިލާނުގެ ސްވިޑަން ފޯވާޑް ޒްލަޓަން އިބްރަހިމޮވިޗް ބޭނުންވާ ކަމަށް އޭނާ އެޖެންޓް ބުނެފި އެވެ.
ސްޕެއިން ލީގުގައި ބާސެލޯނާ އާއެކު އިބްރަހިމޮވިޗް ހޭދަކުރި ދުވަސްތަކަކީ އޭނާގެ ފުޓްބޯޅަ ކެރިޔަރުގައި ކުރިމަތިލާން ޖެހުނު އެންމެ ނާކާމިޔާބީ ދުވަސްތަކަކަށެވެ. ނަމަވެސް ބާސާ އިން ވަކިވުމަށް ފަހު، މިލާނާއި ގުޅުނު އިބްރަހިމޮވިޗް ވަނީ އެޓީމަށް އިޓަލީ ލީގު ހޯދައިދިނުމަށް ވެސް އެހީތެރިވެދީފަ އެވެ.
"ކޮންމެ ދުވަހަކު ވެސް އަހަރެންނަށް ހުށަހެޅުންތައް ލިބެމުންދޭ. މެޑްރިޑުން ރަނގަޅު ހުށަހެޅުމެއް ލިބުނު. ނަމަވެސް އިބްރަހިމޮވިޗް ދެން ފެންނާނީ ކޮން ކުލަބަކުން ކަން ބުނަން އަދި ވަރަށް ދަތި." އިބްރަހިމޮވިޗްގެ އެޖެންޓް ބުންޏެވެ.
މިސީޒަނުގައި މިލާނަށް ކުޅުނު އަށާރަ މެޗުން އިބްރަހިމޮވިޗް ފަނަރަ ގޯލު ކާމިޔާބު ކޮށްދީފަ އެވެ. މިދިޔަ ސީޒަނުގެ އިޓަލީ ލީގު އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ހޯދީ ވެސް ބްރަހިމޮވިޗް އެވެ.