ޓޮޓެންހަމް ހޮޓްސްޕާ ދޫކޮށް ދާން ބޭނުންނުވާ ކަމަށް މި ސީޒަނުގައި އެޓީމުގެ ފުރަތަމަ އެގާރައިން ޖާގަ ނުލިބޭ ގޯލު ކީޕަރު ހުރޭޅިއޯ ގޮމޭސް ބުނެފި އެވެ.

މިދިޔަ ސީޒަނާއި ޖެހެންދެން ޓޮޓެންހަމްގެ އެއް ނަންބަރު ކީޕަރުގެ ގޮތުގައި ފެނުން ގޮމޭސް މިހާރު ވެފައިވަނީ އެކުލަބުގެ ތިންވަނަ ކީޕަރަށެވެ. އެއްވަނަ ކީޕަރުގެ ގޮތުގައި އެސްޓަން ވިލާއިން ޓޮޓެންހަމް އަށް ގެނައި ބްރޭޑް ފްރޭޑަލް އުޅޭއިރު، ދެ ވަނާގައި އުޅެނީ މީގެ އެއް އަހަރު ކުރިން ޗެލްސީގެ ބަދަލު ކީޕަރެއްގެ ގޮތުގައި ހަރަކާތްތެރިވި ކާލް ކުޑިޗިނީ އެވެ.

"ކުލަބު ދޫކޮށް ދިއުމުގެ ޚިޔާލެއް ނުގެންގުޅެން. މޮޅު ކީޕަރުންގެ ގޮތަކީ މަސައްކަތުން ޓީމުން ޖާގަ ހޯދުން. ޓީމުގައި މިހާރު ތިބި ދެ ކީޕަރުންނަކީ ވެސް މޮޅު ދެ ކީޕަރުން. ފްރޭޑަލް އަދި ކުޑިޗިނީ އަކީ ވެސް ތަފާތު ހުނަރުތަކެއް ހުރި ދެކީޕަރުން. ޓީމުން ޖާގަ ހޯދުމަށް އަހަރެން ކުރެވެން ހުރި މަސައްކަތެއް ކުރާނަން،" ޓޮޓެންހަމްގެ ކުރީގެ ކީޕަރެއް ކަމަށްވާ ވޯކާ ބުންޏެވެ.

ޓޮޓެންހަމްގެ މިހާރުގެ އެއް ނަންބަރު ކީޕަރު ފްރޭޑަލް ޕްރެމިއާ ލީގުގެ ހުރިހާ މެޗެއްގައި ބައިވެރި ވެފައި ވާއިރު، ގޮމޭސް ފެނިފައި ވަނީ ޔޫރަޕާ ލީގުގެ މެޗެއްގަ އާއި ކާލިންގް ކަޕް މެޗެއްގަ އެވެ.