އޭއެސް ރޯމާ އަށް ކުޅެމުންދާ އިޓަލީ މިޑްފީލްޑަރު ޑެނިއަލް ޑެ ރޮސީ އެކުލަބާއި އެކު ފަސް އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގައި ސޮއިކޮށްފައިވާ ކަމަށް ރޯމާގެ ޑިރެކްޓަރު ފްރެންކޯ ބަލްޑިނީ ބުނެފި އެވެ.

ޑެ ރޮސީ އެކުލަބާއި އެކު ހަދާފައިވާ ކޮންޓްރެކްޓް އާކޮށްފައި މިވަނީ މިސީޒަން ނިމޭއިރަށް ކުލަބާއި އެކު ހަދާފައިވާ އެއްބަސްވުން ހަމަވާން ކައިރިވެފައި ވަނިކޮށެވެ. ރޯމާ އާއި އެކު ހަދާފައިވާ އެއްބަސްވުން ޑެރޮސީ އާކުރުމުން، އޭނާ ހޯދުމަށް އެންމެ ބޮޑަށް މަސައްކަތްކުރާ ދެ ކުލަބު ކަމަށްވާ ރެއާލް މެޑްރިޑަށާއި މެންޗެސްޓާ ސިޓީ އަށް އުނދަގޫތަކަކާއި ކުރިމަތިވާނެ އެވެ.

"ރޯމާ އާއެކު ޑެރޮސީ ވަނީ ފަސް އަހަރުގެ ކޮންޓްރެކްޓެއްގައި ސޮއިކޮށްފަ. އަހަރެމެން މިމަސައްކަތް ކުރަނީ ބޮޑު ލަނޑު ދަނޑިތަކަކާއި ހަމައަށް ވާސިލުވެވޭތޯ. އަހަރެމެންނަށް އެހީވާން ޑެރޮސީ ވެސް ހުރީ ތައްޔާރަށް. އެލަނޑު ދަނޑިތަކާއި ހަމައަށް ވާސިލުވުމަށް ވަގުތު ވެސް ބޭނުންވާނެ." ބަލްޑިނީ ބުންޏެވެ.

ޑެ ރޯސީ އަކީ ރޯމާ ޓީމަށާއި އިޓަލީ ގައުމީ ޓީމަށް ވެސް ޚިދުމަތްތަކެއް ކޮށްދެމެންދާ މުހިންމު ކުޅުންތެރިއެކެވެ.