27 Apr 2021, 22:43
ރާއްޖެއިން މިއަދު އިތުރު 386 މީހުން ކޮވިޑް19އަށް ޕޮޒިޓިވްވެއްޖެ އެވެ.
އެޗްޕީއޭއިން ބުނީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލެއިން 105 މީހުންނާއި އަތޮޅުތެރެއިން 198 މީހުންނާއި ރިސޯޓުތަކުން ހަ މީހުންގެ އިތުރުން ސިނާއީ ރަށްރަށުން 77 މީހުން ކަމަށެވެ.
މިއަދުގެ ކޭސްތަކާއެކު ރާއްޖެއިން މިހާތަނަށް 28،588 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ.
އެކްޓިވް ކޭސްތަކުގެ އަދަދުވެސް 4009އަށް އަރާފައިވާއިރު، އޭގެ ތެރެއިން 119 މީހުންނަށް ފަރުވާ ދެމުންދަނީ ހޮސްޕިޓަލްތަކުގަ އެވެ.
މިއަދު 78 މީހުން ވަނީ ބަލިން ރަނގަޅުވެފަ އެވެ. އަދި ރަނގަޅުވި މީހުންގެ ޖުމުލަ އަދަދަކީ 24،499 އެވެ.
މި ބަލީގައި ރާއްޖެއިން މިހާތަނަށް 71 މީހުން ވަނީ މަރުވެފަ އެވެ.