09 Feb 2012, 15:27
ފްރާންސްގެ ޕެރިސް ސެންޓް ޖާމެން (ޕީއެސްޖީ) އިން ޗެލްސީގެ ކުރީގެ ފޯވަޑް އަދި މިހާރު ޗައިނާގެ ޝަންހާއީ ޝެންހުއާ އާއި ގުޅުނު ނިކޮލަސް އަނެލްކާ އަށް ހުށަހެޅި ހުށަހެޅުން ދޫކޮށްލި ކަމަށް އޭނާ ބުނެފި އެވެ.
އުމުރުން 32 އަހަރުގެ އަނެލްކާ ޗައިނާގެ ޝަންހާއީ ޝެންހުއާ އާއި ގުޅުނީ މިދިޔަ މަހުގެ ޓްރާންސްފާ މުއްދުގެ ތެރޭގަ އެވެ. ޗައިނާ ކުލަބާއި އަނެލްކާ ގުޅުނީ ޗެލްސީ ޓީމުގެ ފުރަތަމަ އެގާރައަށް ކުޅުމުގެ ފުރުސަތު ހަނިވަމުން ދާތީ ކަމަށް ބެލެވެ އެވެ.
"ޕީއެސްޖީ އިން އަހަރެން ގެންދިއުމަށް މަސައްކަތް ކުރި. އެ ހުށަހެޅުން ގަބޫލުނުކޮށް އަހަރެން ދޫކޮށްލީ އެއީ ޕީއެސްޖީ އަކީ ކުރިން ކުޅުނު ކުލަބަކަށް ވާތީ. އަހަރެންނަށް ފްރާންސް ލީގުގެ ކުޅުން ވަރަށް ރަނގަޅަށް އެނގޭ. ޝަންހާއީ އަކީ އޭޝިޔާގެ ނިއުޔޯކް. މިއީ އަހަރެން އަބަދުމެ ކަހަލަ ގޮތަކަށް ޗުއްޓީ ހޭދަކޮށްލުމަށް އަންނަ ތަނެއް. އަދި މިއީ އަހަރެންގެ އެންމެ ފަހު ކޮންޓްރެކްޓް،" އަނެލްކާ ބުންޏެވެ.