10:00


މި ސަރުކާރުގެ އަމަލުތައް ރައްޔިތުންނަށް ހާމަކޮށްދިނުމަށް، އިދިކޮޅު ޕާޓީތައް ގުޅިގެން އާޓިފިޝަލް ބީޗުގައި މިރޭ ބާއްވާ އެއްވުމުގައި ޑީއާރުޕީގެ ލީޑަރު އަހްމަދު ތަސްމީން އަލީ އާއި، ޕީއޭގެ ލީޑަރު އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާއި، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އިތުރުން، ގައުމީ ޕާޓީގެ ލީޑަރު ޑރ.ހަސަން ސައީދު ވާހަކަފުޅު ދައްކަވާނެ ކަމަށް ޑީއާރުޕީން ބުނެފި އެވެ.


ޑީއާރުޕީގެ މީޑިޔާ ކޯޑިނޭޓަރު އަލީ ސޯލިހް މިއަދު ވިދާޅުވީ، އާޓިފިޝަލް ބީޗުގައި ބާއްވަނީ ވަރަށް މުހިންމު އެއްވުމެއް ކަމަށާއި ސަރުކާރަށް ސިހުން ލިބޭ ވަރުގެ މެސެޖުތަކެއް ވާދަވެރި ހަތަރު ޕާޓީގެ ލީޑަރުން މިރޭ ދެއްވާނެ ކަމަށެވެ.


ސޯލިހް އަދި ވިދާޅުވީ، އާޓިފިޝަލް ބީޗު ސަރަހައްދުގައި ބައްދަލުވުމެއް ބޭއްވުމަށްޓަކައި، އެތައް ފަހަރަކު ޑީއާރުޕީން އެދިގެން ހުއްދަ ދީފައި ނުވި ނަމަވެސް، މުނިސިޕަލްޓީގެ ރައީސް ސަރަނގު އާދަމް މަނިކު އަމިއްލައަށް ގުޅުއްވައި މިރޭގެ ޖަލްސާ އާޓިފިޝަލް ބީޗު ސަރަހައްދުގައި ބޭއްވުމަށް ހުއްދަ ދެއްވީ ކަމަށެވެ. އަދި މިޖަލްސާގައި އިދިކޮޅު ހަތަރު ލީޑަރުންގެ އިތުރުން އެހެން ފަރާތްތަކުން ވާހަކަ ދައްކާނެ ކަމަށްވެސް ސޯލިހު ވިދާޅުވި އެވެ.