27 Apr 2021, 16:00
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަބަލުން ފަޒްނާ އަހުމަދު ކޮވިޑް ބަލިން ފަސޭހަވެއްޖެ އެވެ.
އެކަމަނާ ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ، މީގެ 12 ދުވަސް ކުރިން، މިމަހުގެ 15 ވަނަ ދުވަހު އެވެ.
ފަޒްނާ ބަލިން ފަސޭހަވިކަން ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި މިއަދު ވަނީ ހާމަކުރައްވައިފަ އެވެ. އަދި ހެޔޮ ދުއާ ކުރި ފަރާތްތަކަށް އެކަމަނާ ވަނީ ޝުކުރު އަދާ ކުރައްވައިފަ އެވެ.
ފަޒްނާއާއެކު އެކަމަނާގެ ކޮއްކޮ ނަޒީހާ އަހްމަދާއި އޭނާގެ ފިރިކަލުން، ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު (އެމްސީ ހަމީދު)ވެސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ.
ފަޒްނާ ކޮވިޑަށް ޕޮޒިޓިވްވި އިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލީހާއި ދެ ދަރިކަލުން ވަނީ ކޮވިޑަށް ނެގެޓިވްވެފަ އެވެ.