އިންޓަނޭޝަނަލް ފައިނޭންސް އެވޯޑްސްގައި ފެނަކަ ކޯޕަރޭޝަނަށް ދެ އެވޯޑު ލިބިއްޖެ އެވެ.

އެގޮތުން އެކުންފުނިން ކުރިއަށް ގެންދިޔަ ލ. ގަން އިންޓަކަނެކްޝަން ޕްރޮޖެކްޓަށް ވަނީ ބެސްޓް ގްރީން ޕްރޮޖެކްޓުގެ އެވޯޑް ލިބިފަ އެވެ.

މީގެ އިތުރުން އެނާޖީ/ޔުޓިލިޓީ ދާއިރާ އިން ބެސްޓް ގްރީން އިނިޝިއޭޓިވް ގެ އެވޯޑުވެސް އެ ކުންފުންޏަށް ވަނީ ލިބިފަ އެވެ.

އިންޓަނޭޝަނަލް ފައިނޭންސް އެވޯޑަކީ ދާއިރާގައި މަސައްކަތްކުރާ ކުންފުނިތަކުން ކުރާ މަސައްކަތް ބަލައި، ކޮލިފައިޑް ރިސާޗް ޓީމަކުން ނޮމިނޭތު ުރާ ކުންފުނިތަކެއް އިވެލުއޭޓު ކުރުމަށްފަހު ދޭ ބައިނަލްއަގުވާމީ ފެންވަރުގެ އެވޯޑެކެވެ. އެވޯދު ދޭއިރު ކުންފުނިތަކުން ކޮށްފައިވާ މަަސައްކަތްތަކަޢި ކާމިޔާބީ އަށް ވެސް ރިއާޔަތް ކުރެ އެވެ.