27 Apr 2021, 12:53
މިއަދު ސަން ބަދިގޭގައި ތައްޔާރުކޮށްލާނީ ދިވެހިންގެ މެދުގައި ވަރަށް މަގްބޫލް ޗިކަން ސްޓްރޮގަނޮފް އެވެ.
ބޭނުންވާނެ ތަކެތި
- 120 ގްރާމް ބޯންލެސް ޗިކަން
- 30 ގްރާމް މަޝްރޫމް
- 1 މޭޒުމަތީ ސަމުސާ މަސްޓަޑް ކްރީން
- 25 ފްރާމް ބަޓަރު
- 1 ގާކިން
- 70 އެމްއެލް ޗިކެން ބްރޮތު
- 10 ގްރާމް ފުށް
- 10 ގްރާމް ފިޔާ ކުދިކޮށް ކޮށާފައި
- 40 އެމްއެލް ހެވީ ކްރީމް
- 2 ލޮނުމެދު ކުދިކޮށް ކޮށާފައި
ތައްޔާރުކުރާނެ ގޮތް
އެންމެ ފުރަތަމަ ތަވައަށް ބަޓަރުކޮޅު ލުމަށް ފަހު ހޫނުކޮށްލާށެވެ. ދެން އެއަށް ކުކުޅުކޮޅު އަޅާލައި ތިން މިނިޓާއި ފަސް މިނިޓާއި ދެމެދު ކައްކާލާށެވެ. ދެން އޭގެ ތެރެއަށް ލޮނުމެދާއި ފިޔާ އަޅާލާށެވެ. އިރުކޮޅަކު ބަހައްޓާލުމަށް ފަހު އޭގެ ތެރެއަށް ގާކިން، މަޝްރޫމް އަދި މަސްޓަޑް ކްރީމް އަޅައި އެއްކޮށްލާށެވެ.
އިރުކޮޅަކު ބަހައްޓާލުމަށް ފަހު ޗިކަން ބްރޮތް އަދި ފެން އަޅާ ރަނގަޅަށް ކައްކާ ލާށެވެ. އެންމެ ފަހުން އަޅާނީ ހެވީ ކްރީމް އެވެ. ދެން ލޮނު ހެޔޮވަރުކޮށްލުމަށް ފަހު އުނދުން މަތިން ބާލާށެވެ.
ޓައިޓްލް ސްޕޮންސާ: މަޑިހާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް
ލޮކޭޝަން ޕާޓްނާ: ޓައިޑްސް ކެފޭ
ގްރެފިކްސް: މޫސާ ޝިފާޒް
ވީޑިއޯ އަދި އެޑިޓިންގް: އިބްރާހިމް އިފާޒް، މުހައްމަދު ޝަފީއު
މަޑިހާ ކޮމްޕެނީއަކީ 1985 އިން ފެށިގެން ރާއްޖެއަށް ތާޒާ މޭވާ، ތަރުކާރީ އަދި ފިނިކުރި މަހުގެ ބާވަތްތައް އިމްޕޯޓުކޮށް ޑިސްޓްރިބިއުޓުކުރާ ކުންފުންޏެކެވެ. އިތުރު މައުލޫމާތު، މަޑިހާ ކޮމްޕެނީގެ ވެބްސައިޓުން ލިބޭނެއެވެ