ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރެސް ސެކްރެޓަރީގެ މަގާމަށް ބޭފުޅަކު ހަމަޖައްސަވައިފި އެވެ. ޕްރެސް ސެކްރެޓަރީގެ މަގާމަށް ހަމަޖެއްސެވީ މ. ތުޅާގިރި، މަސްއޫދު އިމާދެވެ. ޕްރެސް ސެކްރެޓަރީގެ މަގާމަށް މަސްއޫދު ހަމަޖައްސާފައި މިވަނީ ކުރީގެ ރައީސް ނަޝީދު އިސްތިއުފާ ދެއްވުމާ ގުޅިގެނެވެ. ރައީސް ނަޝީދު އިސްތިއުފާ ދެއްވެވި އިރު ކުރީގެ ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހައިރު ހުންނެވީ ސްރީލަންކާގަ އެވެ.