މިއަދު ހެނދުނު ބ. ފުޅަދޫގެ ފާލަން މަތިން މޫދަށް ފުންމާލި ފަތުރުވެރިއެއްގެ ބޯ ބިމުގައި ޖެހި ލިބުނު އަނިޔާތަކުގެ ސަބަބުން މަރުވެއްޖެ އެވެ.

ބ. ފުޅަދޫ ކައުންސިލުގެ ރައީސް އަހުމަދު އާސިފް މިއަދު "ސަން"އަށް ވިދާޅުވީ، މަރުވި މީހާއަކީ އެ ރަށު ގެސްޓްހައުސްއެއްގައި މަޑުކުރި ފަތުރުވެރިއެއް ކަމަށެވެ.

އޭނާ މަރުވީ، މިއަދު ހެނދުނު 6:15 އެހާކަންހާއިރު، އެ ރަށު ފާލަމުން މޫދަށް ފުންމާލުމުން އޭނާގެ ބޯ ބިމުގައި ޖެހިގެން ކަމަށް އާސިފް ބުންޏެވެ. އެ ވަގުތަކީ އެންމެ ބޮޑަށް ދިޔަވަރު ހިކިފައި އޮންނަ ވަގުތު ކަމަށް އާސިފް ކިޔައިދިނެވެ.

އެ ހާދިސާ ހިނގި އިރު އޭނާގެ އަންހެނުންނާއި ރަށުގެ ބައެއް މީހުންވެސް ފާލަން ސަރަހައްދުގައި ތިބި ކަމަށް އާސިފް ބުންޏެވެ.

އެ މީހާގެ ހަށިގަނޑު މިއަދު މެންދުރު 13:00 އެހާކަންހާއިރު މާލެއަށް ފުރުވާލާފައިވާ ކަމަށް އާސިފް ވިދާޅުވި އެވެ.