ފިޓްޒޯންއާ ގުޅިގެން "ސަން"އިން މި ރޯދަމަހު ގެނެސްދޭ "ގެޓް އިން ދަ ޒޯން ސީރީޒްގައި މިހާތަނަށް ގެނެސްދެމުން އައީ ގޭގައި ހުރެގެން ކުރެވިދާނެ ކަސްރަތުތަކެކެވެ.

މިއަދު މި އޮތީ ތަފާތު ކަމެކެވެ: ކަސްރަތު ކުރުމުގެ ކުރިން އަދި ކަސްރަތުކޮށް ނިންމާލުމަށްފަހު ހަށިގަނޑަށް ފަސޭހަކޮށްލުމަށްޓަކައި ހަދާނެ ސްޓްރެޗިންގްސްތަކެކެވެ.

ފިޓްޒޯން ޖިމްގެ ސީނިއާ ޓްރެއިނާ ރިފާޝް ރިޔާޒް ބުނާ ގޮތުގައި، ސްޓްރެޗްކުރުމަކީ ކަސްރަތުކުރާ އިރު ދިމާވާ އިންޖަރީތަކުން ދުރުހެލިވުމަށާއި، ކަސްރަތުކުރުމަށްފަހު ހަށިގަނޑު ރިކަވާކޮށްލުމަށްޓަކައި ގެންގުޅުމަށް ވަރަށް ރަނގަޅު އާދައެކެވެ.

މިއާއެކު މިއަދު ރިފާޝް ދައްކައިދޭނީ މުޅި ހަށިގަނޑު ސްޓްރެޗްކުރުމަށް ކުރެވިދާނެ ސްޓްރެޗިންގްސްތަކެކެވެ.

އެގޮތުން، ފައިގެ މަސްތަކާއި، އުނަގަނޑާއި ބުރަކައްޓާއި ކޮނޑުގެ މަސްތަކާއި، ބަނޑާއި ބަނޑުގެ އަރިމައްޗާއި މޭމަތީގެ އިތުރުން ކަރުގެ މަސްތައްވެސް ސްޓްރެޗްކުރެވޭނެ ތަފާތު، ބޭނުންތެރި ސްޓްރެޗިންގްތަކެއް ރިފާޝް ދައްކައިދެއެވެ.

މި ސްޓްރެޗިންގްތަކަކީ އިތުރު މީހެއް ނުވަތަ އެއްޗެއްގެ އެހީތެރިކަމެއް ނެތި، އެކަނި ހުރެގެން ގޭގައިވެސް ކޮށްލެވޭނެ ސްޓްރެޗިންގްތަކެކެވެ.