26 Apr 2021, 12:41
މި ހިނގާ 2021 ވަނައަހަރަށް އެވިޑް ކޮލެޖުގެ ސްޓޫޑެންޓް ކައުންސިލަށް ހޮވުނު ދަރިވަރުން އިގުރާރު ވުމުގެ ރަސްމިއްޔާތު ބާއްވައިފި އެވެ.
އެވިޑްކޮލެޖުގެ މައި ކެމްޕަސްގައި ބޭއްވި އެ ރަސްމިއްޔާތުގައި އެ ކޮލެޖުގެ ޗެއާމަން އާއި ފެކަލްޓީތަކުގެ ޑީނުން އަދި ރެކްޓަރުންނާއި ވައިސްސ ރެކްޓަރުންގެ އިތުރުން ކައުންސިލަށް އިންތިހާބުވި މެންބަރުން ބައިވެރިވި އެވެ.
އެ ހަފްލާގައި ކައުންސިލްގެ މެންބަރުންނާ މުހާތަބު ކުރައްވާ ވާހަކަ ދައްކަވަމުން އެވިޑް ކޮލެޖުގެ ޗެއާމަން މުސްތާގު ރަޝާދު ވިދާޅުވީ ދަރިވަރުންގެ ހިޔަލާ އެއްގޮތަށް ކޮލެޖުގެ ކަންތައް ބައްޓަން ކުރުމަކީ މުހިއްމު ކަމެއް ކަމަށާއި ގުޅިގެން މަސައްކަތް ކުރުމަކި ކުރިއަށް ދިޔުމަށް މުހިއްމު ކަމެއް ކަމަށެވެ.
ކައުންސިލްގެ ފަރާތުން ކައުންސިލްގެ ރައީސް އިބުރާހިމް އިމްލާގް ފާހަގަ ކުރިގޮތުގައި އެ ކޮލެޖުގެ އާ ކައުންސިލުން މަަސައްކަތް ކުރާނީ ހުރިހާ ކުދިންގެ ހިޔާލާ މަޝްވަރާ އާއެކު ކަމަށާއިކޮލެޖުގެ ހުރިހާ ފެކަލްޓީއެއްގެ އެއްބާރުލުން ކައުންސިލަށް ބޭނުންވާ ކަމަށެވެ.
އެވިޑް ކޮލެޖުގެ ސްޓޫޑެންޓު ކައުންސިލުގައި ރައީސް އާއި ނައިބު ރައީސުންގެ އިތުރުން ސެކްރެޓަރީން، ޓްރެޝަރާ، އެސިސްޓެންޓް ޓްރެޝަރާ އާއި ތިން އެކްޓިވިޓީ ކޯޑިނޭޓަރުން އަދި ތިން މީޑިއާ ކޯޑިނެޓަރުން ތިބެ އެވެ.