09 Feb 2012, 13:01
ރިސޯޓަކުން ފުރައިގެން މާލެ އައި މޯލްޑިވިއަން އެއާ ޓެކްސީގެ ބޯޓެއް މޫދަށް ވެއްޓިޖެ އެވެ.
މައުލޫމާތު ލިބޭގޮތުގައި، އެބޯޓުގައި ތިބީ 12 މީހުން ކަމަށާއި އެއިން އެއްވެސް ފަސިންޖަރަކަށް އަނިޔާވެފައެއް ނުވެ އެވެ.
ފުލުހުން ބުނީ، އެމްއޭޓީގެ ބޯޓެއް ވެއްޓިގެން އުޅޭ ކަމުގެ މައުލޫމާތު ލިބޭ ކަމަށާއި އެ ހާދިސާ ތަހުގީގު ކުރާ ކަމަށެވެ.
ސިވިލްއޭވިއޭޝަން ޑިޕާޓްމަންޓުގެ ޑިރެކްޓަރު ޖެނެރަލް ހުސައިން ޖަލީލު މިއަދު ވިދާޅުވީ އެއާ ޓެކްސީގެ ބޯޓު ވެއްޓުނީ ޖައްސަން އުޅެނިކޮށް ކަމަށާއި ނަމަވެސް ވެއްޓުނީ ކީއްވެގެން އަދި ނޭނގޭ ކަމަށެވެ.
އޭނާ ވިދާޅުވީ ބޯޓުގައި ތިބީ ނުވަ ފަސިންޖަރުންނާއި ތިން ފަޅުވެރިިން ކަމަށެވެ. އަދި އެއްވެސް މީހަކަށް ގެއްލުމެއް އަނިޔާއެއް ނުވާ ކަމަށެވެ.