26 Apr 2021, 10:00
ފިލްމު "ޝަޝަންކް" އަކީ އެކްޓަރު ސުޝާންތު ސިންހް ރާޖްޕުތުގެ ހަޔާތާ ގުޅުވައިގެން ހަދާ ފިލްމެއް ނޫންކަމަށް އެ ފިލްމުގެ ޓީމުން ބުނެފި އެވެ.
ފިލްމުގެ މައްސަލަ ދިއްލީ ހައިކޯޓުގައި އޮތް އިރު މި މައްސަލަ އަކީ ސުޝާންތުގެ ބައްޕަ ކްރިޝްނާ ކިޝޯރު ސިންގް ކޯޓަށް ހުށަހެޅި މައްސަލައެކެވެ. މިދިޔަ އަހަރުގެ ޖޫން އެކްޓަރު ސުޝާންތު މަރުވި ފަހުން ވަނީ އޭނާގެ ހަޔާތާ ގުޅުވައިގެން ފިލްމުތަކެއް ހަދަން އިއުލާންކޮށްފަ އެވެ. އެ މައްސަލަ ސުޝާންތުގެ ބައްޕަ ކޯޓަށް ހުށައެޅި އިރު ކޯޓުން ވަނީ ތިން ފިލްމެއްގެ ޓީމަށް އެ ފިލްމުތަކަކުގެ ތަފްސީލުތައް ކޯޓަށް ހުށައަޅަން އަންގައިފަ އެވެ. އެ ފިލްމުތަކަކީ ޝަޝަންކްގެ އިތުރުން "ނިއާއޭ: ދަ ޖަސްޓިސް"ގެ އިތުރުން "ސުއިސައިޑް އޯ މާޑާ: އަ ސްޓާ ވޯސް ލޮސްޓް" އެވެ. މީގެ ތެރެއިން ނިއާއޭ : ދަ ޖަސްޓިސްގެ ޓްރެއިލާ ވެސް ވަނީ މިހާރު އާންމުކޮށްފަ އެވެ.
"ޝަޝަންކް"ގެ ޑައިރެކްޓަރު ސަނޯޖް މިސްރާ ބުނީ މި ފިލްމަކީ ސުޝާންތަށް ބިނާކޮށް ހަދާ ފިލްމެއް ނޫންކަމަށެވެ. ބޮލީވުޑްގައި ނެޕޮޓިޒަމް އޮތް މިންވަރު ދައްކުވައިދޭ ބޮލީވުޑްގެ އަނދިރިފަރާތް ދައްކުވައިދޭ ފިލްމެއް ކަމަށާއި ފިލްމުގައި ފެނިގެންދާނީ ހަތަރު ޒުވާނެއް ފިލްމީ ދާއިރާ އާ ގުޅި އެ ދާއިރާއިން ކުރިއަށްދާން ދިމާވާ ހުރަސްތަކުގެ ވާހަކަތައް ކަމަށް ސަނޯޖް ބުނެފައިވެ އެވެ.
ފިލްމުގެ ޕޯސްޓަރު މިހާރު އާންމުކޮށްފައިވާ އިރު އޭގެ ފިރިހެން ލީޑުންނަކީ އަރިއާ ބައްބަރާއި ރަޖީވް ސިންގެވެ.