Last Updated: 1 decade 4 year ago
ބުލޮގު ޚުލާސާ
ކުރީގެ ރައީސް މުހައްމަދު ނަޝީދު އަދި ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހީމް ހައްޔަރު ކުރުމުގެ އަމުރު ކްރިމިނަލް ކޯޓުން ނެރެފި ކަމުގެ މައުލޫމާތު ލިބިއްޖެ އެވެ.
ކޮމިޝަަނަރު އޮފް ޕޮލިސް އަބްދުﷲ ރިޔާޒު މިއަދު ވިދާޅުވީ ނަޝިދާއި ތޮލްހަތު ހައްޔަރު ކުރުމުގެ ވޮރަންޓަކަށް ފުލުހުން އެދުނު ކަމަށާއި އަދި ކޯޓުން އެ ވޮރަންޓް ދީފައިވާ ކަމަށެވެ. ނަމަވެސް ކޯޓު ވޮރަންޓަކީ ފުލުހުން އަމަލުކުރުމާއި ނުކުރުމުގެ އިހުތިޔާރު ފުލުހުންނަށް ލިބިގެންވާ ކަމެއް ކަމަށާއި އެއީ ކޯޓު އަމުރެއްް ނޫން ކަމަށެވެ. އެ އަމުރަށް އަމަލު ކުރައްވާނެ ކަމެއް ނުވަތަ ނޫން ކަމެއް ރިޔާޒު ވިދާޅެއް ނުވި އެވެ.
ރައީސް މުހައްމަދު ނަޝީދު މިވަގުތު އިންނެވީ ގ. ކެނެރީގޭގަ އެވެ. ދާދި ދެންމެއަކު ގެކޮޅުގައި އިންނަވައި ވިދާޅުވީ އެމަނިކުފާނު ހައްޔަރު ކުރުމަށް ކްރިމިނަލް ކޯޓްން އަމުރު ނެރެފައިވާ ކަމަށާއި ނަމަވެސް އެ އަމުރު އެމަނިކުފާނަށް އަދި ލިބިވަޑައި ނުގަންނަވާ ކަމަށް. އަދި ވިދާޅުވީ އެ އަމުރު ގަބޫލު ނުކުރައްވާނެ ކަމަށާއި އެއީ ޣައިރު ގާނޫނީ ކޯޓެއް ކަމަށާއި އެކޯޓުގައި ނެރޭ އަމުރުތައް ނެރުއްވަނީ ޣައިރު ގާނޫނީ ގާޒީން ކަމަށް. މިވަގުތު ރައީސް ނަޝީދު އިންނެވީ ބައިނަލް އަގުވާމީ މީޑިއާތަކަށް އިންޓަވިއުއެއް ދެވުމަށް