25 Apr 2021, 11:26
މަޑިހާ ސަން ބަދިގޭގައި މިއަދު ގެނެސްދެނީ އަނެއްކާވެސް ސެލެޑެކެވެ. ސެލެޑަކީ ފަސޭހައިން ތައްޔާރުކޮށްލެވޭ، އަދި ސިއްހަތަށް ފައިސާހުރި ކާނާގެ ބާވަތެކެވެ. އަދި ރޯދަ ވީއްލާ ވަގުތުގައި ކެއުމަށްވެސް ވަރަށް ކަމުދާނެ އެއްޗެކެވެ.
މިއަދު ގެނެސްދެނީ ބަށި ބޭނުންކޮށްގެން ތައްޔާރުކުރާ، އޭޝިއަން ބްރިންޖޯލް ސެލެޑެވެ. މިއީ ޓައިޑްސް ކެފޭ އެންޑް ބިސްޓްރޯގެ ރެސިޕީއެކެވެ.
ބޭނުންވާ ތަކެތި
- 150 ގްރާމް ބަށި (ދިގަށް ކޮށާފައި)
- 250 މިލިލީޓަރު ތެޔޮ (ބަށި ތެލުލުމަށް)
- 1 ފިޔާ (ތުނިކޮށް ކޮށާފައި)
- 2 ޓޮމާޓޯ (ކޮށާފައި އަދި އޮށް ނަގާފައި)
- 3 ގްރީން ޗިލީ (ތުނިކޮށް ކޮށާފައި)
- ރަހަލާ ވަރަށް ލޮނުކޮޅެއް
- 1 މޭޒުމަތީ ސަމުސާ ލުނބޯހުތް
ތައްޔާރުކުރާނެ ގޮތް
އެންމެ ފުރަތަމަ، ދިގަށް ކޮށާފައި ހުރި ބަށިކޮޅު ތެޔޮފޮދުގައި ތެލުލާށެވެ. ރަނގަޅަށް ތެލުލެވުމުން ބަށިކޮޅު ނަގާފައި އެއްފަރާތުގައި އެހަށް ބަހައްޓާލާށެވެ.
އެއަށްފަހު ތުނިކޮށް ކޮށާފައި ހުރި ފިޔާކޮޅާއި، ކޮށާފައި ހުރި ޓޮމާޓޯ އަދި މިރުސްކޮޅު ބޯތައްޓެއްގައި އެއްކޮށްލާށެވެ. އަދި ލުނބޯހުތާއި ލޮނުކޮޅު އަޅައި އެއްކޮށްލާށެވެ.
އެންމެ ފަހުން ބޯތަށީގައި އެއްކޮށްފައި ހުރި އެއްޗެއްސަށް ބަށިކޮޅުވެސް އަޅާފައި އެއްކޮށްލާށެވެ.
ޓައިޓްލް ސްޕޮންސާ: މަޑިހާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް
ލޮކޭޝަން ޕާޓްނާ: ޓައިޑްސް ކެފޭ
ގްރެފިކްސް: މޫސާ ޝިފާޒް
ވީޑިއޯ އަދި އެޑިޓިންގް: އިބްރާހިމް އިފާޒް، މުހައްމަދު ޝަފީއު
މަޑިހާ ކޮމްޕެނީއަކީ 1985 އިން ފެށިގެން ރާއްޖެއަށް ތާޒާ މޭވާ، ތަރުކާރީ އަދި ފިނިކުރި މަހުގެ ބާވަތްތައް އިމްޕޯޓުކޮށް ޑިސްޓްރިބިއުޓުކުރާ ކުންފުންޏެކެވެ. އިތުރު މައުލޫމާތު، މަޑިހާ ކޮމްޕެނީގެ ވެބްސައިޓުން ލިބޭނެއެވެ