24 Apr 2021, 22:49
މިއަދު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 200އަށް ތިރިވިނަމަވެސް، ރަށްރަށުން ޕޮޒިޓިވްވި މީހުންގެ އަދަދު ނިސްބަތުން މައްޗަށް އަރައިފި އެވެ.
އެޗްޕީއޭއިން މިރޭ އާންމު ކުރި ތަފާސް ހިސާބުތައް ދައްކާގޮތުން ވޭތުވެދިޔަ 24 ގަޑިއިރު ނެގި 3،300އަށްވުރެ ގިނަ ސާމްޕަލް އިން ޕޮޒިޓިވްވެފައިވަނީ، 218 މީހުންނެވެ. އޭގެ ތެރެއިން އަތޮޅު ތެރޭ ރަށްތަކުން ޕޮޒިޓިވްވި މީހުންގެ އަދަދު އުޅެނީ 175 ގައެވެ.
މިއަދުގެ ކޭސްތަ 200އިން ތިރިވި އިރު، އެއީ އިއްޔެ ރާއްޖެ އިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދާ އަޅާބަލާއިރު، 101 ކޭސްގެ މަދުވުމެކެވެ. އިއްޔެ ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދަކީ، 318 އެވެ.
މިއަދު މާލެ ސިޓީން ޕޮޒިޓިވްވި މީހުންގެ އަދަދު ނިސްބަތުން މަދެވެ. އެގޮތުން މިއަދު ޕޮޒިޓިވްވެފައިވަނީ 78 މީހުންނެވެ. ރިސޯޓުތަކުން ހަ މީހަކު ޕޮޒިޓިވްވި އިރު، ސިނާއީ ރަށަކުން އެެކަކު ވަނީ ޕޮޒިޓިވްވެފައެވެ.
މިއަދު ކޮވިޑަށް ޕޮޒިޓިވްވި މީހުްންނާއެކު ރާއްޖޭ ޖުމްލަ އަދަދު ވަނީ 27،621 އަށް އަރާފައެވެ. އޭގެ ތެރެއިން 24،234 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އަދިވެސް ބަލި ޖެހިފައި ތިބި 3،300އަށްވުރެ ގިނަ މީހުން އެބަތިބި އެވެ. މިހާތަނަށް 71 މީހަކު ބަލި ޖެހިގެން މަރުވެފައިވެއެވެ.