މާކެޓުގައި ދެމުންގެންދާ ބިދޭސީންގެ އިންޝުއަރަންސްތަކާއި އަޅާ ބަލާއިރު "އެކްސްޕެޓްރިއޭޓް ޕްލަސް އިންޝުއަރަންސް" އަކީ އަގުހެޔޮވެފައި، އިންޝުއަރަންސް ޕްލޭނެއް ނެގުމުގެ އެންމެ މުހިންމު އެއް ސަބަބު ކަމުގައިވާ ސިއްހީ ބޭނުންތަކަށް ހާއްސަ ގިނަ އަދަދެއްގެ ކަވަރޭޖް ލިބިދޭ ކޭޝްލެސް ޕްލޭނެކެވެ.

ރާއްޖޭގައި ވޯކް ވިސާގެ ދަށުން މަސައްކަތްކުރާ ހުރިހާ މަސައްކަތްތެރިންނަށް އިކޮނޮމިކް މިނިސްޓްރީއިން ގަބޫލުކުރާ ފެންވަރުގެ އެކްސްޕެޓްރިއޭޓް އިންޝުއަރަންސް ޕްލޭނެއް ނެގުން ލާޒިމްކޮށްފައި ވާއިރު، މިފަދަ ބައެއް ޕްލޭންތަކަކީ މިނިސްޓްރީއިން ކަނޑައަޅާފައިވާ ފެންވަރުގައި ދޫކުރެވޭ ޕްލޭންތަކެއް ނޫނެވެ. އެހެންނަމަވެސް "އެކްސްޕެޓްރިއޭޓް ޕްލަސް" އިންޝުއަރަންސް ޕްލޭން ފަރުމާކޮށްފައިވަނީ މިފާހަގަކުރެވުނު މިންތަކަށް ފެތޭ ގޮތަށެވެ.

އެގޮތުން އެކްސްޕެޓްރިއޭޓް ޕްލަސް އިންޝުއަރަންސް ޕްލޭނަކުން ލިބިދޭ ފައިދާތަކުގެ ތެރޭގައި އެނދުމަތިކޮށްގެންނާއި ނުކޮށް ދެވޭ ފަރުވާތަކާއި، ސާޖަރީއެއް ނުވަތަ ޓެސްޓެއް ހަދަން ޖެހިއްޖެނަމަ އެކަމަށް ހޭދަވާ ފައިސާގެ އިތުރުން ބޭސް ނަގަންޖެހޭ ހާލަތްތަކުގައި ބޭސް ސިޓީގެ ހަރަދުވެސް ހިމެނެއެވެ. އަދި މިހުރިހާ ހިދުމަތަކީވެސް ކޭޝްލެސް ހިދުމަތްތަކެވެ. މާނައަކީ މިފަދަ ސިއްހީފަރުވާއެއް ހޯދުމަށް އެކަމަށް ހޭދަވާ ޖުމްލަ ފައިސާ ވަގުތުން އަތުން ދައްކާކަށް ނުޖެހޭނެއެވެ.

މިއީ ބިދޭސީންނަށް ފޯރުކޮށްދޭ އެހެނިހެން ޕްލޭންތަކާއި "އެކްސްޕެޓްރިއޭޓް ޕްލަސް އިންޝުއަރަންސް" ތަފާތުވާ އެންމެ ހާއްސަ އެއް ސިފައެވެ.

މީގެ އިތުރުންވެސް މިޕްލޭނުން ކަވަރޭޖް ލިބޭ ކަންކަމުގެ ތެރޭގައި، މަސައްކަތްތެރިޔާ ނިޔާވާ ފަދަ ހިތާމަވެރި ހާލަތެއްގައި ހަށިގަނޑު އަނބުރާ ގައުމަށް ފޮނުވާލުމަށް ދާ ހަރަދު ނުވަތަ ރާއްޖޭގައި ވަޅުލުމުގެ ހަރަދުވެސް މިޕޮލިސީއިން ލިއްބައިދެއެވެ. މިހުރިހާ ކަމެއް ހިމެނޭގޮތަށް ހަމައެކަނި އެލައިޑާއި އެކުންފުނީގެ އިސްލާމިކް ވިންޑޯ "އަޔާދީ ތަކާފުލް"އިން ފޯރުކޮށްދޭ މިޕްލޭންގެ އަގަކީ އަހަރަކަށް އެންމެ 800 ރުފިޔާއެވެ.

އޮންލައިންކޮށް އެކްސްޕެޓްރިއޭޓް ޕްލަސް ޕްލޭނެއް ނަގަން ބޭނުންވާނަމަ، ފަސޭހަކަމާއި އެކު ކޮންމެ ވަގުތަކުވެސް އެލައިޑުގެ މޮބައިލް އެޕްލިކޭޝަނުންނާއި އޮންލައިން ޕޯޓަލްގެ އެލައިޑާއި އަޔާދީ ފަޅިންވެސް މިހިދުމަތް ހޯއްދެވިދާނެއެވެ.

މިއީ ޖީބަށް ލުއިވެފައި ސިކުނޑިއަށް ވެސް ލުއި ޕްލޭނެކެވެ.
މިޕްލޭން ނެގުމުގައި އެހީތެރިކަމެއް ބޭނުންވާނަމަ، އެލައިޑުގެ ހިލޭ ގުޅޭ ނަމްބަރު 1600 ގުޅުއްވާށެވެ. ނުވަތަ ބޭނުންފުޅުވާނަމަ، ޕްލޭން ނެންގެވުމަށް އެލައިޑް ނުވަތަ އަޔާދީ ކަސްޓަމަރ ފްރަންޓް އޮފީހަށްވެސް ޒިޔާރަތްކޮށްލެވިދާނެއެވެ.