24 Apr 2021, 15:20
އެސްޓީއޯ ހުޅުމާލެ ގުދަނުގައި ކާޑު ބަސްތާތަކެއް ފުރޮޅާލައިގެން ތިން މީހަކަށް އަނިޔާ ވެއްޖެ އެވެ.
އެފަދަ ހާދިސާއެއް ހިނގައިގެން އުޅޭކަން އެސްޓީއޯ އިން ވަނީ ކަށަވަރުކޮށްދީފަ އެވެ.
ހާދިސާ ހިނގަން ދިމާވީ ކީއްވެކަމެއް އެސްޓީއޯ އަކުން އަދި ނުބުނެ އެވެ. އެ ކުންފުނިން ބުނީ ހާދިސާގެ ތަފްސީލު ހާމަކުރަމުންދާނެ ކަމަށެވެ.
ކާޑު ބަސްތާތައް ފުރޮޅާލާ އަނިޔާވި ތިން މީހުންނަށް ހުޅުމާލެ ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ. އެ މީހުންގެ ހާލާ ގުޅޭ ތަފްސީލެއް އަދި ނުލިބޭ ކަމަށްވެސް އެސްޓީއޯ އިން ބުންޏެވެ.