ކާމިޔާބު ދެ ބައި ގެނެސްދީފައިވާ މަޝްހޫރު ފިލްމު "ދަ ކޮންޖުއަރިން"ގެ ތިން ވަނަ ބައިގެ ރަސްމީ ޓްރެއިލާ ދައްކާލައިފި އެވެ.

މި ފަހަރުގެ ފިލްމުގައި ފެނިގެންދާނީ ވެސް ކުރީ ދެ ފިލްމެކޭ އެއްގޮތަށް ހަގީގީ ހާދިސާއަކަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ. މި ފަހަރުގެ ފިލްމުގައި ކިޔާދޭނީ 1981 ވަނަ އަހަރު މަރުގެ ތުހުމަތެއް އޮތް އާރން ޖޯންސަންގެ މަރުގެ ވާހަކަ އެވެ.

ޝައުގުވެރި މަންޒަރުތަކެއް ޓްރެއިލާ އިން ފެނިގެންދިޔައިު ސިއްސަ ސިއްސައިގެންދާ މަންޒަރުތަކެއް ވެސް ޓްރެއިލަަ އިން ފެނިގެންދިޔަ އެވެ. މި ފިލްމު ތިއޭޓާތަކުގައި އެޅުވުމަށް ފަހު އެޗްބީއޯ މެކްސް އިން ސްޓްރީމްކުރުމަށް ވަނީ ހަމަޖެހިފަ އެވެ. ބޮކްސް އޮފިސްގައި އެންމެ ކާމިޔާބު ބިރުވެރި ފިލްމުތަކުގެ ތެރެއިން ނުވަ ވަނައަށް ޖާގަ ހޯދާފައިވާ މިފިލްމުގެ ފުރަތަމަ ބައެއް އާންމުންނާ ހަމައަށް އައީ 2013 ވަނަ އަހަރުގަ އެވެ. އަދި ފިލްމުގެ ދެވަނަ ބައި ރިލީޒްކުރީ 2016 ވަނަ އަހަރުގަ އެވެ.

މި ފިލްމު އަަޅުވާނެ ތާރީޚެއް އަދި އިއުލާންކޮށްފައެއް ނުވެ އެވެ.