24 Apr 2021, 12:16
މިއަދު ސަން ބަދިގޭގައި ތައްޔާރުކޮށްލާނީ ހަށިގަނޑަށް ލުއި ކުޑަވަގުތު ކޮޅެއްގެ ތެރޭގައި ތައްޔާރުކޮށްލެވޭނެ ޑިޝް އެކެވެ. މި ޑިޝްގެ ނަމަކީ ސަމާ ވެޖިޓަބަލް ސެލެޑް އެވެ.
ބޭނުންވާނެ ތަކެތި
40 ގްރާމް ކެރެޓް ހަތަރެސް ކަނަށް ކުދިކޮށް ކޮށާފައި
40 ގްރާމް ކިޔުކަމްބާ ހަތަރެސް ކަނަށް ކުދިކޮށް ކޮށާފައި
1 ޓޮމާޓޯ ހަތަރެސް ކަނަށް ކުދިކޮށް ކޮށާފައި
50 ގްރާމް އަލަނާސި
ފެހި އާފަލު ފަޅިއެއް
1 ކެޕްސިކަމް ހަތަރެސް ކަނަށް ކުދިކޮށް ކޮށާފައި
އޮރެންޖު ފަޅިއެއް
15 އެމްއެލް ވިނެގާ
20 އެމްއެލް އޮލިވް އޮއިލް
1 މޭޒުމަތީ ސަމުސާ މަސްޓަޑް ކްރީމް
ރަހަލާވަރަށް ލޮނާއި އަސޭމިރުސް
ތައްޔާރުކުރާނެ ގޮތް
ހުރިހާ ތަރުކާރީއެއް ހަތަރެސްކަނަށް ކުދިކޮށް ކޮށާފައި ބޮޑު ތައްޓަކަށް އަޅާށެވެ. ދެން ސެލެޑް ޑްރެސިންގް ތައްޔާރު ކުރުމަށް ވަކިން އެހެން ތައްޓެއްހައި ވިނެގާ މަސްޓަޑް ކްރީމް އަދި އޮލިވް އޮއިލް އަޅާ އެއްކުރާށެވެ.
ތައްޔާރު ކުރި ސެލެޑް ޑްރެސިންގް ތަރުކާރީ ތެރެއަށް އަޅައި ރަނގަޅަށް އެއްކޮށްލާށެވެ. އެއްކުރުމަށް ފަހު ލޮނާއި އަސޭމިރުސް އަޅައި ރަހަގަ ހެޔޮވަރުކޮށްލާށެވެ.
ޓައިޓްލް ސްޕޮންސާ: މަޑިހާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް
ލޮކޭޝަން ޕާޓްނާ: ޓައިޑްސް ކެފޭ
ގްރެފިކްސް: މޫސާ ޝިފާޒް
ވީޑިއޯ އަދި އެޑިޓިންގް: އިބްރާހިމް އިފާޒް، މުހައްމަދު ޝަފީއު
މަޑިހާ ކޮމްޕެނީއަކީ 1985 އިން ފެށިގެން ރާއްޖެއަށް ތާޒާ މޭވާ، ތަރުކާރީ އަދި ފިނިކުރި މަހުގެ ބާވަތްތައް އިމްޕޯޓުކޮށް ޑިސްޓްރިބިއުޓުކުރާ ކުންފުންޏެކެވެ. އިތުރު މައުލޫމާތު، މަޑިހާ ކޮމްޕެނީގެ ވެބްސައިޓުން ލިބޭނެއެވެ