އިއްޔެއިން ފެށިގެން މާލޭ ތެރޭގައި ހިނގަމުންދާ ހަމަ ނުޖެހުމުގައި ފުލުހުނަށް ހަމަލަދިން ފަސް މީހަކާއި މާލޭގައި ފުލުހުންގެ މަރުކަޒު ތަކަށް ގެއްލުން ދިން ކަމުގެ ތުހުމަތުގައި ހަތަރު މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިޔާ އޮފިޝަލަކު މިއަދު ވިދާޅުވީ މާލޭގައި ހިންގި ހަމަ ނުޖެހުމުގައި ފުލުހުނަށް ހަމަލާ ދިނުމަށް މަސައްތް ކޮށްފައިވަނީ ތޫނު ހަތިޔާރު ބޭނުން ކޮށްގެން ކަމަށެވެ.

އަދި މާލޭގައިގެ އެކި ސަރަހައްދު ތަކުގައި ހުރި ފުލުހުންގެ މަރުކަޒު ތަކަށް އެކި ވަރުގެ ގެއްލުންތައް ދީފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވ. އެހެން ނަމަވެސް ގެއްލުން ދީފައިވާ ތަންތަނުގެ ތަފްސީލު ފުލުހުން ބުނެފައެއް ނުވެއެވެ.
މީގެ އިތުރުން މާލޭގައި އިއްޔެ އެމްޑީޕީން ކުރި މުޒާހަރާއާ ގުޅިގެން 69 މީހަކު ހައްޔަރު ކުރި ކަމަށާއި އެހެން ނަމަވެސް މުޒާހަރާ އާ ގުޅިގެން ހައްޔަރުކުރި މީހުންގެ ތެރެއިން އެކަކު ފިޔަވާ އެންމެން މިހާރު ދޫކޮށްލާފައިވާ ކަމަށް ފުހުންގެ އޮފިޝަލް ވިދާޅުވި އެވެ.

އިއްޔެ މެންދުރު ފަހު އެމްޑީޕީން މާލެއާއި އަތޮޅުތަކުގައި ހިންގަންފެށި މުޒާހަރާގައި މާލެއާއި އަތޮޅުތަކުގެ ޕޮލިސް ސްޓޭޝަންތަކަށް ބޮޑެތި ގެއްލުންދީ ބައެއް ރަށްރަށުން ފުލުހުންގެ ޚިދުމަތް މެދުކަނޑާލައި ފުލުހުންނަށް ދަނީ ބޮޑެތި އަނިޔާތައް ދެމުންނެވެ.