"ޕަވާ ވިތް މަކިޓާ" ގެ ނަމުގައި އެސްޓީއޯ އިން މަކިޓާ ބްރޭންޑްގެ އާ ޕްރޮމޯޝަނެއް ފަށައިފި އެވެ.

މަކިޓާ ޕަވާ ޓޫލްސް އަށް ހާއްސަކޮށްގެން މިމަހުގެ އެއްވަނަ ދުވަހު ފެށިގެން 29 ވަނަ ދުވަހާ ހަމަޔަށް އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓްގައި ކުރިއަށްދާ އެ ޕްރޮމޯޝަނުގައި މަކިޓާ ޕަވާ ޓޫލްސް އިން ކުރާ ކޮންމެ 500ރ. ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެ ކަމަށް އެސްޓީއޯއިން ބުނެ އެވެ.

އަދި ޕްރޮމޯޝަން ނިމުމުން ގުރުއަތުން ހޮވޭ ތިން ފަރާތަކަށް އަގުހުރި އިނާމުތަކެއް ދޭއިރު އެއްވަނަ އަށް ދާ ފަރާތަކަށް 20،000ރ. ގެ އަގުހުރި މަކިޓާ ޓޫލްސް ދެ އެވެ. ދެވަނައަށް ހޮވޭ ފަރާތަކަށް މަކިޓާ ބެޓެރީ ބައިސްކަލެއް، އަދި ތިން ވަނަ އިނާމަކަށް 5000ރ. ގެ މަކިޓާ ގިފްޓް ވައުޗަރެއް ދެ އެވެ.

އެސްޓީއޯއިން ބުނީ މި ޕްރޮމޯޝަނުގެ ތެރޭގައި މަކިޓާ ބުރުމާ ތަޖުރިބާ ކޮށްލުމުގެ ފުރުސަތު ވެސް ކަސްޓަމަރުންނަށް ދޭނެ ކަމަށެވެ.