23 Apr 2021, 12:31
ކަންކުންއަކީ އަހަރުގެ ހުރިހާ ދުވަސްވަރެއްގައިހެން ވެސް ލިބެން ހުންނަ ފަތެއް ނަމަވެސް، ދިވެހީންގެ މެދުގައި މި ފަތުގެ މަގުބޫލުކަން ރޯދަމަހު އިތުރުވެއެވެ. ކަންކުން އަޅައިގެން ކުކުޅާއި ބީފް، މީރު ގޮތްގޮތަށް އަހަރެމެންގެ ތެރޭގައި ހަދައެވެ.
މަޑިހާ ސަން ބަދިގޭގައި މިއަދު ގެނެސްދޭން މި އުޅެނީ ކަންކުން ޗިކަންއެވެ. މިއީ އަހަރެމެންގެ ލޮކޭޝަން ޕާޓްނަރ ޓައިޑްސް ކެފޭ އެންޑް ބިސްޓްރޯގައި ކަންކުން ޗިކަން ހަދާ ގޮތެވެ.
ބޭނުންވާ ތަކެތި:
- 150 ގްރާމް ބޯންލެސް ކުކުޅު (ކުދިކޮށް ފޮތިކޮށްފައި)
- ރަހަލާ ވަރަށް ލޮނުކޮޅެއް
- 30 ގްރާމް ކޯންފްލާ
- 30 ގްރާމް ފުށް
- 1 ބޮނޑި ކަންކުންފަތް
- 20 ގްރާމް ބަޓަރު
- 50 ގްރާމް އޮއިސްޓާ ސޯސް
- 40 ގްޜަމް ޓޮމާޓޯ ސޯސް
- 30 މިލިލީޓަރު ފެން
- 20 ގްރާމް މުގުރި މިރުސް
- 10 ގްރާމް ލޮނުމެދު (ކުދިކޮށް ކޮށާފައި)
ތައްޔާރުކުރާނެ ގޮތް
އެންމެ ފުރަތަމަ ކުރާނެ ކަމަކީ، ފޮތިކޮށްފައިވާ ކުކުޅު ކޮޅަށް ލޮނު، ފުށް އަދި ކޯންފްލާ އަޅައި، އެއްކޮށްލާނީއެވެ. ކުކުޅުގެ ހުރިހާ ދިމާލެއްގައި މިތަކެތި އުނގުޅާލާށެވެ. ދެން ޕޭންއެއްގައި ތެޔޮފޮދެއް ހޫނުކޮށްލުމަށްފަހު ކުކުޅުކޮޅުގެ ކުލަ ބަދަލުވަންދެން ތެލުލާށެވެ.
ކުކުޅުކޮޅު ތައްޔާރުވުމުން އެ ނަގައި އެއްފަރާތްކޮށްލުމަށްފަހު، އަނެއްކާވެސް ޕޭން ހޫނުކޮށްލާފައ މިފަހަރު ބަޓަރުކޮޅު ލައި ހޫނުކޮށްލާށެވެ. ދެން ޕޭންއަށް ލޮނުމެދުކޮޅު އަޅައި މީރުކޮށްލުމަށްފަހު އޮއިސްޓާ ސޯސް، ޓޮމާޓޯ ސޯސް އަދި މުގުރި މިރުސްކޮޅުވެސް އަޅާ އެއްކޮށްލާށެވެ. ދެން ފެންފޮދުވެސް އަޅައި އެއްކޮށްލާށެވެ.
މިހިސާބުން ޕޭންއަށް އަޅާނީ ކުރިން ތެލުލި ކުކުޅުކޮޅެވެ. ރަނގަޅަށް އެއްކޮށްލުމަށްފަހު ކަންކުންފަތްކޮޅުޔވެސް ޕޭންއަށް ލައި، އެއްކޮށްލާށެވެ.
ޓައިޓްލް ސްޕޮންސާ: މަޑިހާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް
ލޮކޭޝަން ޕާޓްނާ: ޓައިޑްސް ކެފޭ
ގްރެފިކްސް: މޫސާ ޝިފާޒް
ވީޑިއޯ އަދި އެޑިޓިންގް: އިބްރާހިމް އިފާޒް، މުހައްމަދު ޝަފީއު
މަޑިހާ ކޮމްޕެނީއަކީ 1985 އިން ފެށިގެން ރާއްޖެއަށް ތާޒާ މޭވާ، ތަރުކާރީ އަދި ފިނިކުރި މަހުގެ ބާވަތްތައް އިމްޕޯޓުކޮށް ޑިސްޓްރިބިއުޓުކުރާ ކުންފުންޏެކެވެ. އިތުރު މައުލޫމާތު، މަޑިހާ ކޮމްޕެނީގެ ވެބްސައިޓުން ލިބޭނެއެވެ.