ސީއެންއެންގެ ބިޒްނަސްގެ އެޑިޓަރު އެޓް ލާޖް ރިޗަޑް ކުއެސްޓް ޕްރޮޑިއުސްކޮށް ހުށަހަޅާ ކުއެސްޓްސް ވޯލްޑް އޮފް ވޮންޑާގައި ރާއްޖެ ފީޗާކުރާ އެޕިސޯޑު ފަށަން ތައްޔާރުވެއްޖެ އެވެ.

އެ އެޕިސޯޑު ސީއެންއެން (މީޑިއާނެޓް ޗެނަލް110)އިން ޕްރިމިއާ ކުރާނީ މި މަހުގެ 24 ވަނަ ދުވަހުގަ އެވެ.

އެ އެޕިސޯޑުގައި ކުއެސްޓްގެ ދަތުރު ފަށަނީ ރާއްޖޭގައި ހުޅުވި ފުރަތަމަ ރިސޯޓު ކަމަށްވާ ކުރުނބާއިންނެވެ. އަދި ކުރުނބާގެ ފައުންޑަރު މުހައްމަދު އުމަރު މަނިކުގެ އިންޓަވިއުއެއް ގެނެސްދޭނެ އެވެ.

އެއަށް ފަހު ކުއެސްޓް ބައްދަލުކުރަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުއާ އެވެ. އަދި ރާއްޖޭގެ ތިމާވެށި ރައްކާތެރި ކުރުމަށް ނަޝީދު ކުރެއްވި މަސައްކަތްތަކާއި މިހާރު ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ މައުލޫމާތު ގެނެސްދޭނެ އެވެ.

މަޖިލިސް ރައީސް ނަޝީދުގެ އިންޓަވިއުއަށް ފަހު ރީތި ބީޗް ރިސޯޓަށް ކުރި ދަތުރުގައި އެ ރިސޯޓުގެ މެނޭޖަރު ޑެނިސް ޝްމިޓް އާއި އޭނާގެ ފިރިމީހާ އަލީ އާމިރުއާ އެކު މަސްބާނަން ކުއެސްޓް ދެ އެވެ.

އެޕިސޯޑުގެ އެންމެ ފަހު ބައެއްގެ ގޮތުގައި ކުއެސްޓް ބައްދަލުކުރަނީ ތަޖުރިބާކާރު ޑައިވަރު ހުސައިން ރަޝީދުއާ އެވެ.

އެ އެޕިސޯޑު މި މަހުގެ 24ވާ ހޮނިހިރު ދުވަހުގެ ހެނދުނު 10:30ގައި ޕްރިމިއާ ކުރާއިރު، ރިޕީޓު ދައްކާނީ؛

  • 25 އޭޕްރީލްގެ ހެނދުނު 7:00 އާއި 10:00ގައި

  • 26 އޭޕްރީލްގެ ދަންވަރު 2:30ގައި
  • 1 މެއިގެ މެންދުރުފަހު 3:00ގައި
  • 2 މެއިގެ ފަތިހު 6:30ގައި
  • 3 މެއިގެ ހެނދުނު 8:00ގައި
  • 4 އަދި 5 މެއިގެ ދަންވަރު 12:45ގައި

މި އެޕިސޯޑުގެ ޓްރެއިލާޔޫޓިއުބުންބަލައިލެވޭނެ އެވެ. އަދި މީޑިއާނެޓްގެ މަލްޓިސްކްރީނުން ކޮންމެ ވަގުތަކު ވެސް ރިޕީޓު ބަލައިލެވޭނެ އެވެ.