22 Apr 2021, 12:21
މިއަދު ސަން ބަދިގޭގައި ތައްޔާރުކުރާނީ ވަރަށް މީރު، ވަރަށް ވާސަޓައިލް ސައިޑް ޑިޝްއެކެވެ. ބަތް ނުވަތަ ނޫޑްލްސްގަނޑަކާ އެކުވެސް ކާލެވޭނެ މީރު އެއްޗެކެވެ. މިއީ ޗިކަން ޗޮޕްސުއޭއެވެ.
ބޭނުންވާނެ ތަކެތި
- 100 ގްރާމް ބޯންލެސް ޗިކަން (ފޮތިކޮށްފައި)
- 35 ގްރާމް ކެރެޓު
- 20 ގްރާމް ކެބެޖު
- 2 މަޝްރޫމް (ފޮތިކޮށްފައި)
- 2 ޔަންގް ކޯން
- 30 ގްރާމް ލީކްސް (ފެހި ބައި)
- 25 މިލިލީޓަރު އޮއިސްޓާ ސޯސް
- 1 ސައިސަމުސާ މުގުރި އަސޭމިރުސް
- 50 މިލިލީޓަރު ފެން
- 10 ގްރާމް ކޯންފްލާ
- 1 ލޮނުމެދުކޮޅު ކުދިކޮށް ކޮށާފައި
ތައްޔާރުކުރާނެ ގޮތް
ފުރަތަމަ ޕޭން ހޫނުކޮށްލުމަށްފަހު ތެޔޮފޮދެއް ނުވަތަ ބަޓަރކޮޅެއް އަޅާލާށެވެ. އެއަށްފަހު ކުކުޅާއި ލޮނުމެދުކޮޅު ލައި، ރޯފިލުވައި އަދި މީރުކޮށްލާށެވެ. ދެން ކެރެޓު، ކެބެޖު، މަޝްރޫމް، ޔަންގް ކޯންކޮޅު ޕޭންއަށް އަޅާފައި މީރުކޮށްލާށެވެ. އަދި އޮއިސްޓާ ސޯސްކޮޅާއި އަސޭމިރުސްކޮޅުވެސް އަޅާލާށެވެ. ރަނގަޅަށް އެއްކޮށްލުމަށްފަހު ފެންފޮދު އަޅާފައި ކައްކާލާށެވެ. އެންމެ ފަހުން ލީކްސްކޮޅު ވެސް ޕޭންއަށް ލާފައި އެއްކޮށްލާށެވެ. ޗޮޕްސުއޭގެ ދިޔަގަނޑު އޮލަކޮށްލުމަށްޓަކައި ކޯންފްލާ ކޮޅެއްވެސް އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ.
ޓައިޓްލް ސްޕޮންސާ: މަޑިހާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް
ލޮކޭޝަން ޕާޓްނާ: ޓައިޑްސް ކެފޭ
ގްރެފިކްސް: މޫސާ ޝިފާޒް
ވީޑިއޯ އަދި އެޑިޓިންގް: އިބްރާހިމް އިފާޒް، މުހައްމަދު ޝަފީއު
މަޑިހާ ކޮމްޕެނީއަކީ 1985 އިން ފެށިގެން ރާއްޖެއަށް ތާޒާ މޭވާ، ތަރުކާރީ އަދި ފިނިކުރި މަހުގެ ބާވަތްތައް އިމްޕޯޓުކޮށް ޑިސްޓްރިބިއުޓުކުރާ ކުންފުންޏެކެވެ. އިތުރު މައުލޫމާތު، މަޑިހާ ކޮމްޕެނީގެ ވެބްސައިޓުން ލިބޭނެއެވެ.