22 Apr 2021, 11:29
ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ބިދޭސީއެއްގެ ފޮޓޯ އާއި ވަނަވަރު ފުލުހުން އާންމުކޮށްފި އެވެ.
މިއަދު ފުލުހުން ފޮޓޯ އާންމުކޮށްފައި ވަނީ ބަންގްލަދޭޝް ރައްޔިތެއް ކަމުގައިވަ އެމް.ޑީ އިދްރީސް (34އ) އެވެ.
ފުލުހުން ބުނީ އެމީހާއަކީ ތަހުގީގަށް ހާޒިރުކުރަން ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދުކުރެވިފައިނުވާ މީހެއް ކަމަށެވެ.
އޭނާ ހާޒިރުކުރަނީ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގެ ތަހުގީގަށް، ސުވާލުކުރުމަށެވެ.
މި މަހުގެ 29 ވަނަ ދުވަހުގެ 10:00 އަށް ސ. ހިތަދޫ ޕޮލިސް ސްޓޭޝަން ނުވަތަ އެންމެ ކައިރީގައިހުރި ޕޮލިސް ސްޓޭޝަނަކަށް ހާޒިރުވާން އޭނާއަށް ވަނީ އަންގައިފަ އެވެ.