ދަރުމާ ޕްރޮޑަކްޝަންސް އާ ޖެހުނު މައްސަލައެއްގައި ކާރްތިކް އާރްޔަން ފިލްމު "ދޯސްތާނާ 2" އިން ވަކިވިއިރު އެ ފިލްމު އަކްޝޭ ކުމާރަށް ހުށައަޅައިފި ކަމަށް ޚަބަރުތައް ބުނެފި އެވެ.

ޚަބަރުތައް ބުނާ ގޮތުގައި މި ފިލްމު ކުޅުމަށް އެހެން ލީޑު ފިރިހެން ތަރިއެއް ނެތުމުގެ ސަބަބުން ކަރަން ވަނީ އެ ފިލްމު ކުޅުމަށް އަކްޝޭގެ ގާތުގައި އެދިފަ އެވެ. ދޯސްތާނާ 2 އަކީ ޝޫޓިން ވެސް ފެށި ފިލްމެކެވެ. އެ ފިލްމަށް ދިމާވެފައިވާ ގެއްލުންތައް ފޫބެއްދުމަށް ޓަކައި މި ފިލްމު އަކްޝޭ އަށް ހުށައަޅާފައިވާއިރު މި ފިލްމު އަކްޝޭ ކުޅޭނެ ކަމަށް ޚަބަރުތައް ބުނެއެވެ.

ރޮމޭންޓިކް ކޮމެޑީ ޖޯންރާއަށް ގެނެސްދޭ މި ފިލްމުގެ އަންހެން ލީޑަކީ ބަތަލާ ޖާންވީ ކަޕޫރެވެ. މި ފިލްމަކީ ކޮއްކޮ އާ ދައްތަ އެއް ފިރިހެނެއް ދެކެ ލޯބިވުމުން ދެން ކަންތައްތައް ވެގެންދާނެ ގޮތް ދައްކުވައިދޭ ފިލްމެކެވެ. މި ފިލްމަކީ މީގެ 11 އަހަރުކުރިން ރިލީޒްކުރި ދޯސްތާނާގެ ސީކުއަލްއެކެވެ.
އެފަހަރު ފިލްމުގެ ލީޑު ރޯލުން ފެނިގެން ގޮސްފައި ވަނީ ޔަންކާ ޗޯޕްރާ، އަބީޝެކް ބައްޗަން އަދި ޖޯން އަބްރަހަމް އެވެ.