އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާނުގެ މަންމާފުޅު، ނަސީމާ އިބްރާހީމް އަވަހާރަވެއްޖެ އެވެ.

މ. ގުލްފާމުގެ ނަސީމާ މިރޭގެ ވަގުތެއްގައި އަވަރަހާރަވިއިރު، އުމުރުފުޅަކީ 81 އެވެ.

ނަސީމާއަކީ ކުރީގެ ބަންޑަރަ ނައިބު އަދުނާން ހުސައިންގެ ހުވަފަތް އަނބިކަބަލުންނެވެ.

ނަސީމާގެ ދަރިކަލުން، ކުރީގެ ޖަސްޓިސް މިނިސްޓަރު މުއިއްޒު އަދުނާން މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަންމާފުޅު އަވަހާރަވީ މިރޭ 10:30 ހާއިރު، މާލޭގައި ކަމަށެވެ.

އެކަމަނާ އަވަހަރާވެފައި މިވަނީ ގިނަ ދުވަސްތަކެއް ވަންދެން އާލާސްކަންފުޅާ އުޅުއްވުމަށްފަހު އެވެ. އަވަހާރަވި އިރު ދުނިޔޭގައި ފަސް ބޭފުޅުން އެބަ ތިއްބެވި އެވެ.