Last Updated:
1 decade 4 year ago

މާލެ ތެރޭ ހިނގި ހަމަނުޖެހުންތަކުގައި މީހުންނަށް އެކި ވަރުގެ ޒަޚަމްވެއްޖެ

    ބުލޮގު ޚުލާސާ
    16:55 އެމްޑީޕީގެ ދިދަ އާއި ގައުމީ ދިދަ ހިފައިގެން ތިބި މީހުން ދަނީ އަދިވެސް އަޑުގަދަ ކުރަމުން

    16:54 އެމްއެމްއޭ ސަރަހައްދުގައި ޝީލްޑެއް ހިފިހައިގެން ތިބި ފުލުހުންގެ ލައިނެއް ވަނީ އަތުރާފައި

    16:52 ގިނަ ބަޔަކު އެމްއެމްއޭ ސަރަހައްްދަށް އެއްވެ ގޮވަމުންދަނީ "އަންނި ޒިންދާބާދު"

    16:51 އަދިވެސް އެ ސަރަހައްދަށް އެއްވެ ދަނީ ހަޅެލަވަމުން.

    16:47 އެމްއެއެމް ސަރަހައްދުގައި މިހާރު ޕޮލިސް ލައިން އަޅާފައިވާއިރު ސްޓާފޯސް ފުލުހުންނާއި އެމްއެންޑީއެފުން މުޒާހަރާ ކޮންޓްރޯލް ކުރުމަށް ވަނީ ނުކުމެފައި

    16:44 ޕެޕާ ސްޕްރޭ ހަތަރު ފަހަރެއްގެ މަތިން ޖަހާފައި ވާއިރު. އެމްއެމްއާ ސަރަހައްދުގައި ޝީލްޑް އަޅައިގެން ތިބީ އެމްއެންޑީއެފް. މުޒާހަރާގެ ކުރީގައި ތިބީ ރައީސް ނަޝީދު

    އެމްޑީޕީން ކުރަންފެށި މުޒާހަރާ ޕޭޕާސްޕްރޭ ޖަހައިފި. ބޮޑުތަކުރުފާނުމަގުން މަސްމާރުކާޓު ސަރަހައްދުން

    00:27

    ޑީއާރުޕީ އިން މިއަދު ނެރުނު ބަޔާން:
    ދިވެހިރާއްޖޭގެ ކުރީގެ ރައީސް ކަމުގައި ހުންނެވި ކެނެރީގެ މުހައްމަދު ނަޝީދު 7 ފެބްރުއަރީ 2012 ވީ އަންގާރަދުވަހުގެ މެންދުރުގެ ވަގުތެއްގައި އަމިއްލަފުޅަށް އިސްތިއުފާ ދެއްވުމާ ގުޅިގެން މިހާރު ޤާއިމްކޮށްފައިވާ އެއްބައިވަންތަކަމުގެ ސަރުކާރުގައި ރައީސުލްޖުމްހޫރިއްޔާގެ މަޤާމްގައި ހުންނެވި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ކަމަށް ވާއިރު އެމްޑީޕީއިން މިއަދު މިއޮތް ސަރުކާރަކީ ޢައިރު ޤާނޫނީ ސަރުކާރެއް ކަމަށް ބުނެ މާލޭގެ މުގުތަކަށް ނިކުމެ ހިންގަންފެށި އައިރުޤާނޫނީ ޖަރީމާ ވަރަށް ހަރުއަޑުން ކުށްވެރިކުރަމެވެ.

    00:14

    މިއަދުގެ މުޒާހަރާ ކަވަރުކުރުމަށް މަސައްކަތް ކުރި ނޫސްވެރިންނަށް އެކިވަރުގެ ޖިސްމާނީ އަނިޔާތައް ލިބިފައިވާ މައްސަލަ އާއި ރާއްޖެ ޓީވީގެ ލައިވް ކޭބަލް އުފުރާލި މައްސަލައިގެ އިތުރަށް މިއަދު މުޒާހަރާގައި ސަލާމަތީ ބާރުތަކުން ނޫސްވެރިންނާ ދެކޮޅަށް އެކަށީގެން ނުވާ ބާރުގެ ބޭނުންކޮށްފައިވާ ކަމަށް ބުނެ، މޯލްޑިވްސް މީޑިއާ ކައުންސިލުން އެކަން ކުށްވެރިކޮށްފި.
    23:28

    ފުލުހުންގެ ލޮރީ އެއް އެމްޑީޕީ ހަރުގެތެރެއަށް ވައްދައިފި. ސިފައިން ވެސް އެ ސަރައްދުގައި ހަރަކާތްތެރި ވަމުން އެބަދޭ.
    23:18

    ބޮޑަ ބެލެވެނީ އެމްޑީޕީ ހަރުގެ ތެރެއިން ފުލުހުން އެއްޗެއް ހޯދާހެން.
    23:17ކުށެއްގެ އިސްލާހު

    އައްޑޫ ސިޓީގެ ޑެޕިއުޓީ މޭޔަރު ހަސަން ޝާހިދު އިސްތިއުފާ ދެއްވި ކަމަށާއި މާފުށީ ޖަލުގައި އަލިފާނުގެ ހާދިސާއެއް ހިނގި ކަމަށް ލިޔެވުނީ މައުލޫމާތުގެ ކުށަކުން. ވީމާ މިކުށަަށް ކިޔުންތެރިންގެ ކިބައިން މައާފަށް އެދެން.
    23:13

    ފުލުހުންގެ ލޮރީގައި ދެ މީހަކު ގެނެސް އެމްޑީޕީ ހަރުގެއަށް ވައްދާ ހަރުގެ ތެރޭ ތިބި ހަތަރު ވަރަކަށް މީހުންނާ ސުވާލުކުރަމުން އެބަދޭ.
    23:00

    މޫސަގެ ހާލު ރަނގަޅު ކަމަށާއި މިހާރު ކުޑަކޮށް ވާހަކަ ދެއްކޭ ކަމަށް މޫސައަށް ގޮވާލަން ވަތް ސަންގެ ނޫސްވެރިން ބުނޭ.
    22:54އަލީ ނަސީރު: ޖުމްހޫރީ މައިދާން ސަރަހައްދުން

    ހުރިހައި ޓީވީ ސްޓޭޝަންތަކުގެ ކައިރީގައި އެމްއެންޑީއެފުން ފޯރި މަރަން ފަށައިފި. ރާއްޖެޓީވީ، ޓީވީއެމް، ވީޓީވީގެ އިތުރުން ދިޓީވީއަށް ހަމަލާދޭން ބަޔަކު ރާވާކަމުގެ ހަބަރުތައް ފެތުރެމުންދާތީ ސާލާމަތީ ބާރުތައް ވަނީ ތައްޔާރީ ހާލަތުގައި.
    22:50

    ޖަލު ބަލަހައްޓާ އޮފިޝަލަކު ދެންމެ ވިދާޅުވީ މާފުށީ ޖަލު އޮތީ ޖަލު ބަލަހައްޓާ ޑީޕީއާރުއެސްގެ މީހުންގެ ކޮންޓްރޯލް ދަށުގައި ކަމަށް. އަދި ހަމަނުޖެހުން ހިންގަން ބައެއް މީހުން މަސައްކަތް ކުރި. އެއްވެސް މީހަކު ގޮޅިއަކުން ނުނިކުމޭ. ފުރިހަމަ ކޮންޓްރޯލް އޮތީ ޑީޕީއާރުއެސްގެ އަތުގައި.
    22:37

    ސިފައިން ފެޔަށް ޖެހި ތިން ވެހިކަލްގައި ރަޔަޓް ގިޔަރުގެ ފުލުހުން ވީޓީވީ ކައިރިއަށް ގޮސްފި
    22:33

    ބ. ތުޅާދޫ ޕޮލިސް ސްޓޭޝަންގައި ތިބި ފުލުހުން ރަށުން ފައިބައިގެން ދިޔުމަށް އެމްޑީޕީ މީހުން މުޒާހަރާ ކުރުމުން ފުލުހުން ފައިބައިފި: ކައުންސިލްގެ ނާއިބު ރައީސް
    22:21

    ވީޓީވީ ކައިރީ ފޯރިމަރަމުންދަނީ ޝީލްޑް ހިފައިގެން ތިބި ސިފައިން.
    22:20

    ބ. ކަމަދޫ ކޯޓް ތަޅާލައި އެމްޑީޕީ ސަޕޯޓަރުން ރަށު ތެރޭގައި މުޒާހަރާ ކުރަމުން އެބަދޭ.
    22:20

    ވީޓީވީ ކުރިމައްޗަށް ސްޓާފޯސް ގޮސްފި. ގިނަ އަނދަދެއްގެ އާންމުން ދަނީ އެ ސަރަހައްދަށް އެއްވަމުން.
    ސަންގެ ޕާޓްނާޝިޕް އޮންލައިން ނޫސް ކުޅުދުއްފުށި އޮންލައިންގެ ނޫސްވެރިއެއްހދ. ކުޅުދުއްފުށި

    ހދ. ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނަށް ގެއްލުއްދީ ތަޅާލައިފި. ޕޮލިސް ސްޓޭޝަންގައި ތިބި ދެ ފުލުކަށް އަނިޔާވެގެން ޕޮލިސް ސްޓޭޝަން ތެރޭ ފަރުވާދެމުން އެބަދޭ. ހޮސްޕިޓަލްގެ އެންބިއުލާން ޕޮލިސް ސްޓޭޝަނަށް ވެއްދުމަށް ބަޔަކު ދެކޮޅު ހެދުމުން އަދިވެސް އެ ދެފުލުހުން ތިބީ ޕޮލިސް ސްޓޭޝަންގެ ތެރޭގައި.
    ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަން ކައިރިއަށް އެމްޑީޕީގެ ސަޕޯޓަރުން އެއްވެ، ގާއުކަމުންއެބަދޭ. އަނިޔާވެފައިވާ ދެ ފުލުހުން ހޮސްޕިޓަލަށް ގެންދިއުމަށް އެންބިއުލާންސް އައުމުން، އެމްޑީޕީގެ ސަޕޯޓަރުން ހުރަސްއަޅާފައި. ފަރުވާ ނުދެވިތިބި ދެ ފުލުހުންގެ ތެރެއިން އެކަކެއްގެ ބޯފަޅައިގެން ގޮސްފައިވޭ. އަނެކަކުގެ ހާލަތެއް ނޭނގޭ.
    22:15

    އައްޑު އަތޮޅުގައި ހުންނަ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގެ ގޮފީގެ ބިއްލޫރިތަކާއި ކޮމްޕިއުޓަރުތަކާއި ބައެއް ފައިލްތައް އުކާލާފައިވާ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގެ އޮފިޝަލަކު ވިދާޅުވި.
    21:58

    އއ. އަތޮޅު ކައުންސިލް މެމްބަރު މުހައްމަދު ފަހުމީ ވިދާޅުވީ ރަސްދޫ އާއި ހިމަންދޫ ޕޮލިސް ސްޓޭޝަން ރައްޔިތުންގެ ބެލުމުގެ ދަށަށް ގެންގޮސްފި.
    21:57

    ގާނޫނާ ހިލާފަށް މީހުންނަށާއި މީހުންގެ މުދަލަށާއި ސަރުކާރުގެ ތަންތަނާއި މުދަލަށް ގެއްްލުންދޭ ފަރާތްތަކާ ދޭތެރޭ ފިޔަވަޅުއަޅުއްވާނެ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް އަހުމަދު މުއިއްޒު ވިދާޅުވެއްޖެ. އަދި އެއްވެސް ފަރާތަކުން ގާނޫނާ ހިލާފު އެއްވެސް ކަމެއް ނުކުރުމަށް އިލްމާސް ކުރައްވާ ކަމަށް ވެސް މުއިއްޒު ވިދާޅުވި.
    21:53އަލީ ނަސީރު

    އޭޑީކޭ ކައިރިން ފުލުހުންގެ ފައުޖު ގޮސްފި
    21:51އަލީ ނަސީރު

    އޭޑީކޭ ކައިރިން އަނިޔާވެފައި ވަނީ ކުލަ ހެދުމުގައި ތިބި ދެ ފުލުހަކަށް. އެކެއްގެ އަތަށް އަދި އަނެއްމީހާގެ ފަޔަށް ވަނީ ޒަޚަމްތަކެއް ވެފައި. މާސީރިއަސް އަނިޔާތަކެއް ލިބިފައި އެއް ނުވޭ.
    21:49

    އައްޑޫސިޓީގެ ފުލުހުންގެ ވެހިކަލްތަކުގައި ރޯކޮށްލައިފި
    21:40އައްޑޫ: ހިތަދޫ

    އައްޑޫ ހިތަދޫ ކޯޓުގައި ރޯކޮށްލައިފި
    21:38

    ދެ ފުލުހެއްގެ ގަޔަށް އޭޑީކޭ ކައިރިން ވަޅި ހަރައިފި
    21:35

    އޭޑީކޭކައިރިއަށް ގިނަ އަދަދެއްގެ ސްޓާފޯސް ފުލުހުން އަނެއްކާ ވެސް އަތުވެއްޖެ. ކޮންމެވެސް ވަރަކަށް ޓިއާގޭސް ވެސް ޖެހި. މަޖީދީމަގާއި ސޯސަންމަގު ގުޅޭ ކަންމަތީގައި ތިބި މީހުން ފައްސާލައިފި.
    21:32އަލީ ނަސީރު

    އޭޑީކޭ ތެރެއިން ހަތަރު މީހަކު ހައްޔަރުކޮށް ދެ މީހަކު ޖިޕަށް އަރުވައިފި. އަދި އަނެއް ދެ މީހުން މިހާރު ވަނީ ދޫކޮށްލާފައި.
    21:24ތިނަދޫން މުހައްމަދު އަޚްތަރު

    ޕޮލިސް ސްޓޭޝަންގެ ޓޯޔަޑުގައި ހުރި ވެހިކަލްތަކުގައި ވަނީ ރޯކޮށްލާފައި
    21:12

    މާލޭގައި މިހާރު ހިނގަމުންދާ މުޒާހަރާއާ ގުޅިގެން މިހާތަަނަަށް އެއްވެސް މީހަކު މަރުވެފައި ނުވާ ކަމަށް ހޮސްޕިޓަލްތަކާ ހަވާލާދީ ފުލުހުން ބުނޭ.
    21:04

    ގއ. އަތޮޅު ކައުންސިލް:
    ގއ. ކޮލަމާފުށީ ޕޮލިސް ސްޓޭޝަންގައި ތަޅު އަޅުވައިފި. ގއ. އަތޮޅު ކައުންސިލް މެންބަރަކު މިރޭ ވިދާޅުވީ ކޮމަލާފުށީ ޕޮލިސް ސްޓޭޝަންގައި ބަޔަކު ތަޅު އެޅުވުމާ ގުޅިގެން، ފުލުހުންގެ ފައުޖެއް އެ ރަށަށް ގޮސްފައިވާ ކަމަށް.
    އަތޮޅު ކައުންސިލް މެންބަރު ވިދާޅުވީ ގއ. ވިލިނގިލީ ރަށު ކައުންސިލް އިދާރާ އާއި އެ ރަށުގައި ހުންނަ ޕޮލިސް ސްޓޭޝަނަށް ބަޔަކު ހަމަލަދިނުމަށް މަސައްކަތް ކުރި ކަމަށާއި ނަމަވެސް އާންމުން ނުކުމެ އެކަން ހުއްޓުވާފައިވާ ކަމަށް.
    20:39

    އޭޑީކޭއިން ނޫސްވެރިންނަށް މައުލޫމާތު ހިއްސާކޮށްފި:
    މުޒާހަރާގައި އަނިޔާވެގެން 14 މީހަކު އޭޑީކޭ ހޮސްޕިޓަލަށް ގެނައި. ނަމަވެސް ތިން މީހަކު ފިޔަވައި އެހެން ހުރިހާ އެންމެނަށް ފަރުވާދިނުމަށްފަހު ދޫކޮށްލައިފި. އެ ތިން މީހުންގެ ތެރޭގައި ރީކޯ މޫސަ މަނިކު ވެސް ހިނެނޭ. އޭޑީކޭ އަފްވާލް ވިދާޅުވީ މިހާރު ފަރުވާދެމުންދާ ތިން މީހުގެ ހާލު ސީރިއަސް ނޫން ކަމަށް.

    20:26ގދ. ތިނަދޫއިން އަހުތަރު

    ތިނަދޫ ޕޮލިސް ސްޓޭޝަންގައި އަލިފާން ރޯވަމުންދަނީ. ޕޮލިސް ސްޓޭޝަނާ ކައިރީގައި ހުރި ޔޫޓިލިޓީޒް އިމާރާތުގައި ގޭސްފުޅިތަކުގައި އަލިފާން ހިފައި ރޯވެދާނެތީ ގޭސްފުޅިތައް އެތަނުން ނެރެންފަށައިފި.
    20:14ތިނަދޫން މުހައްމަދު އަޚްތަރު

    ތިނަދޫ ޕޮލިސް ސްޓޭޝަން ތަޅާލައި އަލިފާން ރޯކޮށްލައިފި. ފުލުހުން ވަނީ އަމާންދީފައި
    20:13އައިޖީއެމްއެޗު ސަރަހައްދުން

    އައިޖީއެމްއެޗު ކައިރިން މީހުންތައް ދުރުކޮށް އެކަކު ހައްޔަރުކޮށްފި
    20:08ތިނަދޫން މުހައްމަދު އަޚްތަރު

    ތިނަދޫ ކޯޓު އެއްކޮށް އަނދާހުލިވެއްޖެ. އަތޮޅު އޮފީހުގައި ވެސް ވަނީ އަލިފާން ރޯކޮށްލާފައި.
    20:04

    އޭޑީކޭ އަށް ފުލުހުންގެ ފައުޖެއް ގޮސްފި
    20:03

    ރީކޯ މޫސަ މިވަގުތު އޮތީ އެގްޒެކްޓިވް ރޫމްގައި. އަދި އެއްވެސް މީހަކާ ވާހަކައެއް ނުދެއްކޭ
    20:03

    އޭޑީކޭ އަށް ފުލުހުން އައިސް ކަމާ ނުބެހޭ މީހުން ދިއުމަށް އަންގައިފި. ފުލުހުންގެ ޓީމުތައް ކޮމާންޑް ކުރަނީ ކުލަ ހެދުމުގައި ތިބި މީހުން.
    20:00

    ތިން މީހަކު އައިޖީއެމްއެޗު ސަރަހައްދުން އަނެއްކާ ވެސް ހައްޔަރު ކޮށްފި
    19:51އައިޖީއެމްއެޗު ސަރަހައްދުން

    އައިޖީއެމްޗު ކައިރިން ފުލުހުންނާ ދިމާއަށް ގާ އުކި މީހަކު ހައްޔަރުކޮށްގެން މާފަންނު ވިލީ ފުލުހަށް ވައްދައިފި
    19:49

    އޭޑީކޭގެ އައިސީޔޫގައި މިވަގުތު އެއްވެސް ޕޭޝަންޓެއް ނެތް
    19:32އެމްޑީޕީ ހަރުގެ ސަރަހައްދުން

    އެކަކު އެ ސަރަހައްދުން ހައްޔަރު ކޮށްފި
    19:22

    އެމްޑީޕީ ހަރުގެ ކައިރީ އާންމުންނާ ފުލުހުންނާ ދެމެދު ހަމަނުޖެހުންތައް ހިނގަމުން އެބަދޭ.
    19:16

    އެމްޑީޕީގެ ވަގުތީ ޗެއާޕާސަން މޫސާ މަނިކު އޮންނެވީ އައިސީޔޫގައި. އޭނާގެ ދަރިފުޅު ސިންގަޕޫރުގައި ހުންނަވައިގެން ފޯނުން ވިދާޅުވީ އޭނާގެ ބައްޕަގެ ހާލަތު ސީރިއަސް ކަމަށް.
    18:50

    އޭޑީކޭ ސަހަރަހައްދަށް އެއްވި ބަޔަކާ ފުލުހުންނާ ކުރިމަތިލުން ހިނގައި މީހަކަށް ވަރަށް ބޮޑަށް އަނިޔާވެއްޖެ. ފުލުހުން ވަނީ އެ ސަރަހައްދު ބަންދުކޮށްފައި.
    18:48

    އޭޑީކޭ އާއި އައިޖީއެމްއެޗުން އިމަޖެންސީ ހާލަތު އިއުލާން ކޮށްފި
    18:47

    ތ. ތިމަރަފުށީ ޕޮލިސް ސްޓޭޝަން ދޫކޮށްލާފައި ފުލުހުން ދިއުމާ ގުޅިގެން ރައްޔިތުން ޕޮލިސް ސްޓޭޝަނާ މިހާރު ހަވާލުވެފައިވާ ކަމަށް މައުލޫމާތު ލިބޭ.
    18:37

    އައިޖީއެމްއެޗް ތެރެއިން ބައެއް މީހުން ހައްޔަރު ކޮށް ދެ މީހަކަށް އަނިޔާކޮށްފި
    18:36ގދ. ތިނަދޫ

    ބަޔަކު ނުކުމެ ތިނަދޫ ޕޮލިސް ސްޓޭޝަންގެ ބިއްލޫރިތައް ތަޅާލައި ވެހިކަލްތަކުގައި ރޯ ކޮށްލައިފި
    18:26ތިމަރަފުށި

    ތ. ތިމަރަފުށީ ކައުންސިލްގެ ކުއްލި ބައްދަލުވުމަކުން އެރަށު ޕޮލިސް ސްޓޭޝަންގައި ތިބި ފުލުހުން ނުކުންނަށް އަންގައިފި
    18:10

    ޒަޚަމްވެގެން އައިޖިއެމްއެޗަށް 18 މީހަކު ގެންގޮސްފައިވާ ކަމަށް މައުލޫމާތު ލިބޭ
    18:08

    އަތޮޅު ތެރޭގެ ބައެއް ރަށްރަށުގައި ވެސް ދަނީ މުޒާހަރާ ކުރަމުން. އަދި ރައްޔިތުން ނުކުމެ ޕޮލިސް ސްޓޭޝަން ތަކުން ވެސް ފުލުހުން ނުކުތުމަށް އަންގާ ކަމަށް މައުލޫމާތު ލިބޭ
    18:07ނ. ވެލިދޫ

    ނ. ވެލިދޫ ޕޮލިސް ސްޓޭޝަން ތެރެއަށް އާންމުން ވަދެއްޖެ. އަދި ޕޮލިސް ސްޓޭޝަނެއް ބޭނުންނުވާ ކަމަށް ބައެއް ރައްޔިތުން ދަނީ ބުނަމުން.
    18:05

    އޭޑީކޭ އަށް ގެންދިޔަ މީހަކު މަރުވެފައިވާކަން ޑޮކްޓަރުން ކަށަވަރު ކޮށްދީފައިނުވާ ކަމަށް އޭޑީކޭ މެނޭޖިން ޑިރެކްޓާ އައްފާލް ވިދާޅުވި.
    18:00

    ތިން ފުލުހެއްގެ ބޯފަޅައިގެން ގޮސްގެން އައިޖީއެމްއެޗަށް ގެންގޮސްފި
    18:00

    އަނިޔާވެގެން އައިޖީއެމްއެޗަށް ގެންދިޔަ އެއްވެސް މީހަކު މަރުވެފައި ނުވާ ކަމަށް މީޑިއާ އޮފިޝަލު ޒީނަތު އަލީ ހަބީބް ވިދާޅުވެއްޖެ
    17:58

    އޭޑީކޭގެ ތިރީ ހުރިހާ އޯޕީޑީތަކެއް ކެންސަލް ކޮށްފައިވާ ކަމަށް މައުލޫމާތު ލިބޭ
    17:57

    ފަރީދީ މަގަށް ކަރުނަ ގޭސް ޖަހައިފި
    17:55

    ހައްޔަރު ކުރި ބައެއް މީހުން ތިބީ ޖުމްހޫރީ މައިދާނުގައި ކުޑަ ކަކޫ ޖައްސާ ފަހަތައް ބިޑި އަޅުވާފައި
    17:55އެފްޑީއައި ސަރަހައްދުން

    އަނިިޔާވި މީހުން ތައް ފުލުހުންގެ ޖިޕްތައް އަރުވަން ގެންދިޔައީ ދަމާފައި
    17:52

    އެފްޑީއއައި ސްޓޭޝަން ކުރިމަތީ މީހަރު ވެސް މީހެއްގެ ގައިގައި އާންމުން ތަޅަމުން ގެންދޭ
    17:51

    މުޒާހަރާކުރާ މީހުންނަށް އެކަށީގެން ނުވާވަރަށް ބާރުގެ ބޭނުން ނުކުމަށާއި ނޫސްވެރިންނަށް އަނިޔާވާ ގޮތަށް އަމަލުނުކުރުމަށް ގޮވާލި.
    17:51

    ފުލުހުންގެ ކުރިމަތިލުންތަކުގައި ރައީސް ނަޝީދަށް ވެސް އަނިޔާވި.
    17:50

    އެ ސަރަހައްދަށް ގިނަ އަނދަދެއްގެ ޕެޕާސްޕްރޭ ޖަހާފައިވާ ކަމަށް ނޫސްވެރިން ބުނޭ
    17:46

    އިބްރާހިމް ރަޝީދުގެ އިތުރުން އިތުރު ދެ މީހަކު ވެސް އަނބުރައިގަނެގެން ގޮން ގޮސްފި
    17:44

    ބަންޑާރަ މިސްކިތް ސަރަހައްދުން އިތުރު ތިން މީހަކު ހައްޔަރު ކޮށްފި
    17:44

    ވިލާޝިޕިންގެ އޮފީހުގެ ބިއްލޫރިތައް ތަޅާލިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި. އެފްޑީއައި ހުންނަ ސަރަހައްދުން އެމްޑީޕީގެ ޕާލަމެންޓް މެންބަރު މުހައްމަދު ރަޝީދު އަނބުރައިގަނެގެން އެމްބިއުލާންސެއްގައި ހޮސްޕިޓަލަށް ގެންގޮސްފި. އޭނާގެ އަތް ބިނދިފައިވާ ކަމަށް ލަފާ ކުރެވޭ.
    17:44

    މުޒާހަރާ ރޫޅާލުމުގައި ފުލުހުން އާދަޔާ ޚިލާފަށް ބޮޑަށް ބާރުގެ ބޭރުން ކުރަމުން އަންނަ ކަމަށް ނޫސް ވެރިން ބުނޭ
    17:42

    ބަންޑާރަ މިސްކިތް ސަރަހައްދުން އެކަކު ހައްޔަރު ކޮށްފި
    17:42

    ބައެއް މީހުން ފުލުހުން ދަނީ ހައްޔަރު ކުރަމުން
    17:41

    އެސްޓީއޯ ސަރަހައްދުގައި ތިބި އެމްޑީޕީ އެކްޓިވިސްޓުންނާ ދިމާލަށް ވެސް ކަރުނަ ގޭސް ޖަހާއެމީހުން ފޮނުވާލައިފި
    17:38

    އެސްޓީއޯ ޓްރޭޑް ސެންޓަރުގެ ފުރަގަހުގައި ހުންނަ ވިލާޝިޕިންގެ އޮފީހުގެ ބިއްލޫރިތައް ތަޅާލައި ވަރަށް ގިނަ ބަޔަކަށް އަނިވާއްޖެ. މުޒާހަރާ ކުރާ މީހުންގެ ފަރާތުން ފަހައި ފަހަތަށް ޖެއްސުމުގެ މަސައްކަތް ދަނީ ފުލުހުން ދަނީ ކުރަމުން.
    17:38

    ބަންޑާރަ މިސްކިތް ހުރި ސަރަހައްދުގައި ތިބި މީހުން ފުލުހުންނާ ދިމާއަށް ގާއުކަން ފެށުމުން ކަރުނަ ގޭސް ޖަހާ އެމީހުން ފޮނުވާލައިފި
    17:37

    ކުރީގެ ރައީސް ނަޝީދަށް އަނިޔާވެގެން ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ރާއްޖެ ޓީވީން ބުނެފި
    17:33އޯކިޑްމަގު ސަރަހައްދުން

    ބޮޑު ހަމަނުޖެހުމެއް ހިނގާފައިނެ ކަމަށް ބުނެ އެމްއެމްއޭ ސަރަހައްދާއި ޖުމްހޫރީ މައިދާން ސަރަހައްދަށް ނޫސް ވެރިން ނުވައްދާ
    17:32

    ރަޔަޓްގިޔަރުގައި ތިބި ފުލުހުންނާއި ސިފައިންދަނީ އަދި ވެސް ފޯރިމަރަމުން
    17:30

    މުޒާހަރާގެ ބައިވެރިން ވަނީ އެސްޓީއޯ ހޯމްއިމްރޫވްމަންޓާ ހަމައަށް ފަހަތައް ޖައްސާފައި
    17:30

    ހައްޔަރު ކުރިއިރު ބައެއް މީހުންނަށް އަނިޔާވެފައި. އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މަރީޔާ ވެސް ވަނީ ހައްޔަރުކޮށްފައި.
    މުޒާހަރާގައި އެއްވެސް ހަމަނުޖެހުމަކަށް ފުރުސަތު ނުދޭނެ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވި.
    ޖަސްޓިސް އިމާރާތް ކުރިމަތީ ގައި ރަޔަޓްގިޔަރުގެ ފުލުހުން ދަނީ ފޯރިމަރަމުން.

    17:30އެމްއެމްއޭ ސަރަހައްދު

    އެމްއެމްއޭ ސަރަހައްދާއި ރީފްސައިޑް ސަރަހައްދުގައި މުޒާހަރާ ކުރާ މީހުން ފުލުހުންނާއި ސިފައިން ރޫޅާލައި ފައްސާލައިފި. މުޅިތަން ވަނީ ހުސްކޮށްފައި.
    17:19

    ރާއްޖެ ޓީވީގެ ލައިވް ކޭބަލް ފުލުހުން ބުރިކޮށްލައިފައިވާ ކަމަށް އެ ޓީވީން ބުނެފި
    17:18

    އެމްއެމްއޭ ސަރަހައްދުގައި އަދިވެސް މީހުން އެއްވެ އަޑުގަދަ ކުރަމުން އެބަދޭ.
    17:17

    ޗާންދަނީމކަގާއިވީ ފަރާތުގައި ތިބިމީހުން ފައްސާލައިފި
    17:14

    ޕޮލިހުންގެ އެމްބިއުލާންސް ޗާންދަނީ މަގުން ގޮސްފި
    17:13އެމްއެމްއޭ ސަރަހައްދުން

    އެމްއެމްއޭ ސަރަހައްދަށް އަނެއްކާވެސް މީހުން ދަނީ މަޑުމަޑުން އެއްވަމުން
    17:13

    ހައްޔަރުކުރި މީހުންގެތެރޭ ހުޅުހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާމަނިކު ވެސް ހިމެނިވަޑައިގަންނަވާ
    17:12އެމްއެމްއޭ ސަރަހައްދުން

    ގިނަ އަނދަދެއްގެ ޕެޕާސްޕްރޭ އެމްއެމްއޭ ސަރަހައްދަށް ވަނީ ޖަހާފައި. އެ ސަރަހައްދު ދޫކޮށް މީހުން ދިއުމަށް ވަނީ އިންޒާރުކޮށްފައި.
    17:08އެމްއެމްއޭ ސަރަހައްދުން

    އިސްލާމީމަރުކަޒާ ހިސާބަށް ނޫސްވެރިންނަށް ކައިރިވެވެނީ. ޖުމްހޫރީ މައިދާނާ އެމްއެމްއޭ ސަރަހައްދުން ނޫސްވެރިން މިހާރު ވަނީ ފޮނުވަލާފައި.
    17:07އެމްއެމްއޭ ސަރަހައްދުން

    އެމްއެމްއޭ ސަރަހައްދަށް އެއްވި މީހުންތައް މިހާރު ވަނީ ފޮނުވާލާފައި
    17:06އެމްއެމްއޭ ސަރަހައްދުން

    ބާރަށު ދާއިރާގެ މެމްބަރު ޝިފާޒު ވެސް ހައްޔަރު ކޮށްފި
    17:05އެމްއެމްއޭ ސަރަހައްދުން

    އިތުރު މީހުން ފުލުހުންދަނީ ހައްޔަރު ކުރަމުން. އޭގެތެރޭ ޕާލިމަންޓް މެމްބަރު އިމްތިޔާޒު ވެސް ހިމެނޭ
    17:04އެމްއެމްއޭ ސަރަހައްދުން

    ބައެއް މީހުން މަގުމައްޗަށް އަނިޔާވެގެން ވެއްޓިފައި އޮންނަތަން ފެނޭ
    17:04

    އެކަކު ހައްޔަރު ކޮށްފި
    17:03

    މަްސްކު އަޅައިގެން ތިބި ސިފައިން ވެސް މުޒާހަރާ ރޫޅާލުމުގައި އެބައުޅޭ
    17:02

    މުޒާހަރާގައި މިވަގުތު އެންމެ އިސްކޮށް އުޅެނީ ސަރަނގު އާދަމް މަނިކާއި ތޮލްހަތު
    17:01

    ޗާޖު ކުރަން ފުލުހުން އަންގައިފި
    16:59ޖުމްހޫރީ މައިދާން

    ހުރިހާ ނޫސްވެރިން ފުލުހުންގެ ލައިނުން ބޭރުކޮށްފި.