20 Apr 2021, 22:19
ވޭތުވެދިޔަ 24 ގަޑި އިރު ނެގި 2،800 ސާމްޕަލްއިން މިއަދު 162 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ އެވެ. އޭގެ ތެރެއިން ގިނަ މީހުން ޕޮޒިޓިވްވެފައިވަނީ މާލެ ސިޓީންނެވެ.
މިއީ އިއްޔެ ރާއްޖެއިން ޕޮޒިޓިވްވި އަދަދާ ބަލާއިރު، ފަސް ކޭސްގެ އިތުރުވުމެކެވެ. އިއްޔެ ރާއްޖެއިން ޕޮޒިޓިވްވެފައި ވަނީ 157 މީހުންނެވެ.
އެޗްޕީއޭއިން މިރޭ އާންމުކުރި ކޮވިޑް ތަފާސް ހިސާބުތައް ދައްކާ ގޮތުން އިއްޔެ އިރުއޮއްސި 6:00އިން މިއަދުގެ އިރުއޮއްސި 6:00އަށް ނެގި 2،875 ސާމްޕަލްއިން މާލެ ސިޓީން ޕޮޒިޓިވްވެފައި ވަނީ 76 މީހުންނެވެ. މިއީ އިއްޔެ މާލެ ސިޓީން ޕޮޒިޓިވްވި މީހުންނާ އަދަދާ ބަލާއިރު ފަސް ކޭސްގެ އިތުރުވުމެކެވެ. އިއްޔެ މާލެ ސިޓީން ޕޮޒިޓިވްވެފައިވަނީ 71 މީހުންނެވެ.
މިއަދު ރަށްތަކުން ޕޮޒިޓިވްވީ 68 މީހުންނެވެ. ރިސޯޓުތަކުން 14 މީހަކު ޕޮޒިޓިވްވެފައިވެއެވެ.
މިއަދު ކޮވިޑަށް ޕޮޒިޓިވްވި މީހުންނާއެކު ރާއްޖޭގެ ޖުމްލަ ބަލި ޖެހުނު މީހުންގެ އަދަދަކީ، 26،667 އެވެ. އޭގެ ތެރެއިން 23،803 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި ބަލި ޖެހިފައި ތިބި 2،700އަށްވުރެ ގިނަ މީހުން އެބަ ތިބި އެވެ. އޭގެ ތެރެއިން 74 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެނެވެ. ބަލި ޖެހިގެން މަރުވި މީހުންގެ އަދަދަކީ، 71 އެވެ.