މިއަދު ސަން ބަދިގޭގައި ތައްޔާރު ކޮށްލާނީ އަނގަޔަށް މީރު ހަށިގަނޑަށް ލުއި ޑިޝް އެކެވެ. މި ޑިޝްގެ ނަމަކީ "ޕާސްތާ ކޮއްތު" އެވެ.

ބޭނުންވާނެ ތަކެތި

  • 160 ގްރާމް ޕާސްތާ ފެނުކައްކާފައި
  • 10 ގްރާމް ފިޔާ ކުދިކޮށް ކޮށާފައި
  • 4 ވަރަކަށް ހިކަނދިފަތް
  • 10 ގްރާމ މިރުސް ކުދިކޮށް ކޮށާފައި
  • 1 ބިސް
  • 20 ގްރާމް ކެރެޓް
  • 20 ގްރާމް ލީކްސް
  • ބޭނުން ވައްތަރެއްގެ ހަވާދު 1 ކަޕް
  • ރަހަލާވަރަށް ލޮނު އަދި އަސޭމިރުސް

ތައްޔާރުކުރާނެ ގޮތް

އެންމެ ފުރަތަމަ ތަވާ ރަނގަޅަށް ހޫނުކޮށްލުމަށް ފަހު ބަޓަރު ކޮޅަކާއި އެކު ފިޔާ މިރުސް އަދި ހިނކަނދިފަތާއި ލޮނުމެދު ތަވައަށް އަޅާލާށެވެ. ތަވާގައި ހުރި ތަކެތި މޯޅިވުމުން ދެން އޭގެ ތެރެއަށް ކްރަމްބްލަ ކޮށްލާފައި ބިސް އަޅާލާށެވެ. ދެން ކެރެޓް ކޮޅު އަޅާފއި ދެ މިނެޓް ބަހައްޓާލުމަށް ފަހު ހަވާދު ކޮޅު އަޅާލާށެވެ.

ޕާސްތާ އާއި ލީކްސް އަޅާނީ އެންމެ ފަހުންނެވެ. އެތަކެތި އެޅުމަށް ފަހު ރަނގަޅަށް އެއްކޮށްލާށެވެ. އޭރުން އެ ނިމުނީ އެވެ.

ޓައިޓްލް ސްޕޮންސާ: މަޑިހާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް
ލޮކޭޝަން ޕާޓްނާ: ޓައިޑްސް ކެފޭ
ގްރެފިކްސް: މޫސާ ޝިފާޒް
ވީޑިއޯ އަދި އެޑިޓިންގް: އިބްރާހިމް އިފާޒް، މުހައްމަދު ޝަފީއު

މަޑިހާ ކޮމްޕެނީއަކީ 1985 އިން ފެށިގެން ރާއްޖެއަށް ތާޒާ މޭވާ، ތަރުކާރީ އަދި ފިނިކުރި މަހުގެ ބާވަތްތައް އިމްޕޯޓުކޮށް ޑިސްޓްރިބިއުޓުކުރާ ކުންފުންޏެކެވެ. އިތުރު މައުލޫމާތު، މަޑިހާ ކޮމްޕެނީގެ ވެބްސައިޓުން ލިބޭނެއެވެ.