19 Apr 2021, 12:38
އަލުއްވަކީ ރޯދަމަހު ދިވެހިންގެ މެދުގައި ވަރަށް މަގުބޫލު އެއްޗެކެވެ. މިއަދު ސަން ބަދިގޭގައި ކިޔައިދޭން މިއުޅެނީ އަލުވި ބޭނުންކޮށްގެން ތައްޔާރުކޮށްލާނެ ބާވަތެކެވެ.
ބޭނުންވާނެ ތަކެތި
- 400 ގްރާމް މޭޝްޑް ޕޮޓޭޓޯ
- 10 ގްރާމް ޗޮޕްޑް އޮނިއަން
- 30 ގްރާމް ފުށް
- 20 ގްރާމް ބަޓަރު
- 30 ގްރާމް ޕާމެޒާން ޗީޒް
- 30 ސްޕްރިންގް އޮނިއަން
- ރަހަލާވަރަށް ލޮނު އަދި އަސޭމިރުސް
ތައްޔާރުކުރާނެ ގޮތް
އެންމެ ފުރަތަމަ ތަވަޔަކަށް ބަޓަރުކޮޅެއް އެޅުމަށް ފަހު ހޫނުކޮށްލާށެވެ. ދެން ފިޔާ އަދި މޭޝްޑް ޕޮޓޭޓޯކޮޅު އެޅުމަށް ފަހު ރަނގަޅަށް އެއްކޮށްލާށެވެ. ދެން ފުށާއި ސްޕްރިންގް އޮނިއަން އަދި ޕާމެޒާން ޗީޒް އެއްކޮލާށެވެ.
ފުށްގަނޑު އުނދުން މަތިން ބޭލުމަށް ފަހު ގުޅަ ވަށައި ޕެޓީޒް ގޮތަށް ތައްޔާރުކޮށްލާށެވެ. އެއަށް ފަހު ތަވައަކަށް ލައިގެން ދެފުށް ރަނގަޅަށް ފިހެލާށެވެ. ރަނގަޅަށް ފިހެވުމުން ހުންނާނީ ކުޑަކޮށް ރަތްވެލާފަ އެވެ.
ޓައިޓްލް ސްޕޮންސާ: މަޑިހާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް
ލޮކޭޝަން ޕާޓްނާ: ޓައިޑްސް ކެފޭ
ގްރެފިކްސް: މޫސާ ޝިފާޒް
ވީޑިއޯ އަދި އެޑިޓިންގް: އިބްރާހިމް އިފާޒް، މުހައްމަދު ޝަފީއު
މަޑިހާ ކޮމްޕެނީއަކީ 1985 އިން ފެށިގެން ރާއްޖެއަށް ތާޒާ މޭވާ، ތަރުކާރީ އަދި ފިނިކުރި މަހުގެ ބާވަތްތައް އިމްޕޯޓުކޮށް ޑިސްޓްރިބިއުޓުކުރާ ކުންފުންޏެކެވެ. އިތުރު މައުލޫމާތު، މަޑިހާ ކޮމްޕެނީގެ ވެބްސައިޓުންލިބޭނެއެވެ.