19 Apr 2021, 09:58
ކުވެއިތަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ފުރާވަޑައިގެންފި އެވެ.
މިނިސްޓަރު ޝާހިދުގެ މި ދަތުރުފުޅުގައި ކުވެއިތުގެ ފޮރިން މިނިސްޓަރު އަދި ސްޓޭޓު ފޯ ކެބިނެޓް އެފެއާސް ޑރ. އަހުމަދު ނާސިރް އަލް މުހައްމަދު އަލް އަހުމަދު އަލް ޖައްބާރު އަލް ސަބާހު އާ ބައްދަލު ކުރައްވާނެ އެވެ.
މީގެ އިތުރުން އެ ގައުމުގެ އިސް އޮފިޝަލުންނާ މިނިސްޓަރު ޝާހިދު ބައްދަލު ކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ. މި ބައްދަލުކުރެއްވުންތަކުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމާ ގުޅޭގޮތުން އަދި ކުވެއިތުގެ އެހީގައި ރާއްޖޭގައި ކުރިއަށްދާ ތަރައްގީގެ މަޝްރޫއުތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެ އެވެ.
މިނިސްޓަރު ޝާހިދުގެ މި ދަތުރުފުޅުގައި ފޮރިން މިނިސްޓްރީގެ މަލްޓިލެޓްރަސް ސެކްރެޓަރީ ޑރ. ހާލާ ހަމީދާއި މިނިސްޓްރީގެ ޑިރެކްޓަރު މޫމިނާ އިބްރާިމް އަދި އެސިސްޓެންޓް ޑިރެކްޓަރު އަހުމަދު ސަލްމާން ޒަކީ ބައިވެރިވެ ލައްވައެވެ.
ކުވެއިތުގެ އެހީގައި މީގެ ކުރިންވެސް ރާއްޖޭގައި ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ކުރިއަށް ގެންގޮސްފައިވާއިރު މިހާރު ވެސް ކުރިއަށްދާ ބައެއް މަޝްރޫއުތަކަށް އެ ގައުމުން ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.
ކުވެއިތު ދަތުރުގެ ކުރިން މިނިސްޓަރު ޝާހިދު ވަނީ އިންޑިއާ އަށްވެސް ރަސްމީ ދަތުރެއް ކުރައްވައިފަ އެވެ.