މިއަދު 203 މީހުން ކޮވިޑް-19އަށް ޕޮޒިޓިވްވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މިއަދު އާންމު ކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއަދު ޕޮޒިޓިވްވީ މާލެއިން 115 މީހުންނާއި، މީހުން ދިރިއުޅޭ އެހެން ރަށްރަށުން 70 މީހުންނާއި، ރިޒޯޓުތަކުން 18 މީހުންނެވެ.

އެއީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ނެގި 3238 ސާމްޕަލްތަކުންނެވެ. މިއީ ފާއިތުވި ދެތިން ދުވަހު ނެގި ސާމްޕަލްއަށް ވުރެ ގިނަ އަދަދެކެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާއެކު ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 26،348އަށް އަރާފަ އެވެ. މިވަގުތު ބަލި ޖެހިފައި ތިބީ 2678 މީހުންނެވެ.

ބަލި ޖެހިފައި ތިބި މީހުންގެ ތެރެއިން ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނީ 60 މީހުންނަށެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް ޖެހިގެން މަރުވެފައި ވަނީ 70 މީހުންނެވެ.