އާއިލާއަކީ ކޮންމެ މުޖުތަމައެއްގެވެސް ބިންގަލެވެ. ހެޔޮ އާއިލާތަކެއް އެ މުޖުތުމައެއްގައި ގިނަނަމަ ހަމަގައިމުވެސް ތަރައްގީއާއި ކުރިއެރުމާއި ފާގަތިކަން އޮތީ ދުރަކުއެއް ނޫނެވެ. ދީނުން ފިލާވަޅެއްގެ މިއަދުގެ އެޕިސޯޑުގައި ޑރ. އިބްރާހިމް ޒަކަރިއްޔާ މޫސާ މިއަދު ވިދާޅުވެދެއްވަނީ ނަމޫނާ އާއިލާއެއްގެ ވާހަކަ އެވެ.

ހާޖަރުގެފާނުގެ މަތިވެރިވެ ގުރުބާނީ

އިބްރާހިމް އަލައިހިއްސަލާމުގެ އަނބިކަނބަލުން ހާޖަރުގެފާނާއި ދަރިކަލުން އިސްމާއިލްގެފާނު މައްކާގެ ހަނަފަސް ބިމަކަށް ދޫކުރެއްވުމަށްފަހު ވަޑައިގަތް ހާދިސާއަކީ އަހަރެމެންގެ ތެރެއިން ގިނަބަޔަކަށް އެނގޭނޭ ވާހަކައެކެވެ. ހާޖަރުގެފާނު ތަކުރާރުކޮށް އިބްރާހިމްގެފާނުގެ އަރިހުން އައްސަވަމުން ގެންދެވީ އެކަމަނާއާއި ތުއްޕުޅު ދަރިކަލުން އެފަދަ އެއްވެސް ދިރުމެއް ހިލަމެއް ނެތް ބިމަކަށް ދޫކުރައްވާ ވަޑައިގަންނަވަނީ ކީއްވެތޯ އެވެ. އެ ސުވާލުގެ ޖަވާބުގައި އިބްރާހިމްގެފާނު ހަމައެކަނި ވިދާޅުވީ އެއީ މާތް ގެ އަމުރުފުޅަށް ކަމަށެވެ. އެހިނދު ހާޖަރުގެފާނު ވިދާޅުވިއެވެ. ﷲގެ އަމުރުފުޅަށް ކުރައްވާކަމެއް ކަމުގައިވަނީނަމަ އެކަލާންގެ ގެއްލެނިވެދިޔަ ނުކުރައްވާނެ އެވެ.

މިހާދިސާއިން ހާޖަރުގެފާނުގެ ހިތްޕުޅުގައި މާތްﷲއަށް އޮތް އިތުބާރާއި ޔަގީންކަން ނިކަން ފުރިހަމައަށް ހާމަވެގެންދާ އިރު، އެކަމަނާ ތުއްޕުޅު އިސްމާއިލްގެފާނަށް ފެންފޮދެއް ހޯއްދެވުމަށްޓަކައި ސަފާއާއި މަރުވާއާއި ދެމެދުގައި އެ ހިންގެވި ހިންގެވުމުކީ އަދި އަދަށްދާންދެންވެސް އިސްލާމްދީނުގައި ޝަރަފުވެރިވެގެންވާ ކަމެކެވެ.

އިސްލާމްދީނުގެ ފަސްވަނަ ރުކުން ކަމުގައިވާ ހައްޖުގެ މަނާސިކުތަކުގެ ތެރެއިން ސަފާއާއި މަރުވާއާއި ދެމެދުގައި ހިނގުމުން ރަމްޒުކޮށްދެނީ އަދި ހަނދާން އާކޮށްދެނީ މި އާއިލާގެ މާތް ގުޅުމުގެ ވާހަކައެވެ.

ހާޖަރުގެފާނުގެ ހިއްޕުޅުގައިވީ އީމާންކަމުގެ ވަރުގަދަކަމާއި މައިވަންތަ ކުލުނުގެ މަތިވެރި މަގާމުން މުޅި މައްކާގެ ބިން ބަރަކާތްތެރިވެގެން ދިޔައިރު، މި މިސާލުން އަހަރެމެންގެ އާއިލާތައް ބިނާކުރުމަށްވެސް މަސައްކަތް ކުރަން ޖެހެއެވެ.

ހަމައެޔާއެކު އިންސާނާ ކުރާ ކިތަންމެ ކުޑަކުޑަ އަމަލަކީވެސް ﷲގެ ހަޒަރަތުގައި ބަލައިގަނެވި އެކަމަށް އެންމެ އެދެވޭ ހެޔޮ ދަރުމައާއި ޘަވާބު ލިބިގެންދާނޭކަމެއްކަންވެސް މި ހާދިސާއިން ނިކަން ފުރިހަމައަށް އަހަރެމެންނަށް އަންގައިދީފި އެވެ.