ރާއްޖެއިން މިއަދު އިތުރު 124 މީހުން ކޮވިޑް19އަށް ޕޮޒިޓިވްވެއްޖެ އެވެ.

އެޗްޕީއޭއިން ބުނީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 78 މީހުންނާއި މީހުން ދިރިއުޅޭ ރަށްރަށުން ޕޮޒިޓިވްވި 33 މީހުންނާއި ހިންގަމުންދާ ރިސޯޓުތަކުން ޕޮޒިޓިވްވި 12 މީހުންގެ އިތުރުން ސަފާރީއަކުން ޕޮޒިޓިވްވި މީހެއް ކަމަށެވެ.

މިއަދުގެ ކޭސްތަކާއެކު ރާއްޖެއިން ކޮވިޑް19 ޖެހުނު މީހުންގެ ޖުމުލަ އަދަދު 26،145 އަށް ވަނީ އަރާފަ އެވެ.

މިވަގުތު ބަލި ޖެހިފައި ތިބި 2،585 މީހުންގެ ތެރެއިން 53 މީހުންނަށް ފަރުވާ ދެމުންދަނީ ހޮސްޕިޓަލްތަކުގަ އެވެ.

މިއަދު 122 މީހުން ބަލިން ރަނގަޅުވެފައިވާއިރު، ބަލިން ރަނގަޅުވި މީހުންގެ ޖުމުލަ އަދަދަކީ 23،482 އެވެ. މި ބަލީގައި ރާއްޖެއިން މިހާތަނަށް 69 މީހުން ވަނީ މަރުވެފަ އެވެ.