މިއަދު އިތުރު މީހަކު ކޮވިޑް-19 ޖެހިގެން މަރުވެއްޖެ އެވެ.

އެޗްޕީއޭއިން މިއަދު ބުނީ، މިއަދު ހަވީރު 4:00 އެހާކަންހާއިރު، އައިޖީއެމްއެޗްގެ އިމަޖެންސީ ރޫމަށް ގެނައި އެއްވެސް ހަރަކާތެއް ނެތް މީހަކު މަރުވެފައިވާ ކަމަށެވެ. އަދި އެ މީހާ ކޮވިޑްއަށް ޕޮޒިޓިވްވެފައިވާ ކަމަށް ބުންޏެވެ.

މަރުވި މީހާ އަކީ 86 އަހަރުގެ ފިރިހެނެކެވެ.

މިއީ ރާއްޖޭގައި ކޮވިޑް ޖެހިގެން މަރުވި 69 ވަނަ މީހާ އެވެ. އަދި މިއަދު މަރުވި ދެވަނަ މީހާ އެވެ.

މިއަދު ހެނދުނު އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދިޔަ 82 އަހަރުގެ އަންހެނަކުވެސް ކޮވިޑް ޖެހިގެން މަރުވެފައިވެ އެވެ.