16 Apr 2021, 22:41
މިއަދު 82 މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވެއްޖެ އެވެ.
އެޗްޕީއޭއިން މިރޭ ނެރުނު ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއަދު ޕޮޒިޓިވްވީ މާލެއިން 40 މީހުންނާއި، އެހެން ރަށްރަށުން 24 މީހުންނާއި، ރިސޯޓުތަކުން 18 މީހުންނެވެ.
އެއީ މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ނެގި 1792 ސާމްޕަލްގެ ތެރެއިންނެވެ.
މިވަގުތު ބަލި ޖެހިފައި ތިބީ 2584 މީހުންނެވެ. އޭގެ ތެރެއިން 53 މީހުންނަށް ފަރުވާ ދެނީ ހޮސްޕިޓަލުގަ އެވެ.
މިހާތަނަށް ރާއްޖެއިން ޕޮޒިޓިވްވީ 26،021 މީހުންނެވެ. ކޮވިޑް ޖެހިގެން މަރުވެފައި ވަނީ 68 މީހުންނެވެ.