16 Apr 2021, 12:42
ކޮވިޑް19 ޖެހިގެން ފަރުވާ ހޯދަމުން ދިޔަ ދިވެއްސަކު މަރުވެއްޖެ އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނީ، ދަރުމަވަންތަ ހޮސްޕިޓަލުގެ ޑީއެޗް11 ގައި ފަރުވާދެމުން ދިޔަ އުމުރުން 82 އަހަރުގެ ދިވެހި އަންހެނަކު މިއަދު 11:12 ގައި މަރުވެފައިވާ ކަމަށެވެ.
މިއީ ކޮވިޑް-19 ޖެހިގެން ރާއްޖެއިން މަރުވި 68 ވަނަ މީހާ އެވެ.
މިހާތަނަށް ރާއްޖެއިން 25939 ކޮވިޑް ކޭސް ފެނިފައިވެ އެވެ.