އަހަރެމެންގެ ތެރެއިން އެންމެ ގިނަބައެއްގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ މާ ބޮޑަށް ފަލަވެ ބަނޑުލުމެވެ. ހާޢްސަކޮށް ރޯދަ މަހަކީ ކެވޭ ނުކެވޭ އެއްޗެއްގެ ހިސާބެއް ބެލެހެއްޓޭ ދުވަސްވަރަކަށް ނުވުމާއިއެކު އޭގެ އާޚިރު ނަތީޖާއަކަށްވެފައި އޮންނަނީ މީހާ ގެ ބަރުދަން ބޮޑުތަނުން އިތުރުވެ ލުކި މަސްޖެހިފައި އޮތް ބޮނޑު ބަނޑެއް ލުމެވެ.

ފިޓްޒޯން އިން މިއަދުގެ ކަސްރަތުތައް ގެނެސްދެނީ އިންސްޓްރަކްޓާ މަރިޔަމް ސައީދާ އެވެ.

މިއަދުގެ ކަސްރަތުތަކަކީ އަންހެނުން އަދި ފިރިހެނުންނަށްވެސް ކުރެވިދާނެ އަދި ބަނޑުގެ މަސްތަކަށް ހާއްސަ ކަސްރަތުތަކެކެވެ.

  • ކޯ ކްރަންޗަސް : 10 ނުވަތަ 12 ރެޕް

  • ގްލޫޓް ބްރިޖް: 10 ނުވަތަ 12 ރެޕް
  • ޑެޑް ބަގް : 10 ނުވަތަ 20 ރެޕް
  • ބާރޑް ޑޯގް: 10 ނުވަތަ 20 ރެޕް
  • ޕްލޭންކް

ފިޓް ޒޯންގެ އެހީތެރިކަމާއިއެކު ސަން އިން މި ގެނެސްދޭ 'ގެޓް އިން ދަ ޒޯން' މި ވީޑިއޯ ސީރީޒްއަކީ މި ރޯދަމަހުވެސް ގޭގައި ތިބެގެން ދުޅަހެޔޮކަމާއިއެކީ މި ދުވަސްތައް ހޭދަކުރުމަށް ބޭނުންވާނެ ވޯކްއައުޓްސް ތަކެއް ގެނެސްދިނުމެވެ. މި ކަސްރަތުތައް ކުރުމަށް މާ ބައިވަރު އިކުއިޕްމަންޓްތަކެއް ބޭނުމެއް ނުވާނެ އެވެ. އަދި ކަސްރަތުތައް ކުރަންވީ ގޮތް އިންސްޓްރަކްޓަރު ނިކަން ތަފްސީލާއި އެކު ކިޔައިދެމުން ދާނެ އެވެ.