16 Apr 2021, 11:59
އެމެރިކާގެ މަޝްހޫރު ބަތަލާ ބެލާ ތޯން، 23، އެންގޭޖްވެއްޖެ އެވެ.
މިދިޔަ މަހު ބެލާ އެންގޭޖްވެފައި ވަނީ އޭނާގެ ލޯބިވެރިޔާ އިޓަލިއަން ލަވަކިޔުންތެރިޔާ ބެންޖަމަން މަސްކޯލޯ، 27، އާއެވެ. ކުރީގެ ޑިޒްނީ ތަރި ބެލާ އާ ބެންޖަމަން ލޯބީގެ ގޮތުން ދެ އަހަރުވަންދެން ގުޅިގެން އުޅުމަށް ފަހު އެންގޭޖްވި ކަމުގެ ޚަބަރު ވަނީ އިންސްޓަގްރާމްގައި ހިއްސާކޮށްފަ އެވެ. ބެންޖަމަން ހިއްސާކުރި ފޮޓޯގެ ކެޕްޝަނުގައި ބުނީ "ޝީ ސެއިޑް ޔެސް" ކަމަށެވެ.
ދެތަރިން ބުނީ އެންގޭޖްވިކަން އިޓަލީ އަދި ޔޫއެސް ގައި ފާހަގަކުރުމަށް ހަމަޖެހިފައިވާކަމަށެވެ. ބެލާ ބުނީ ބެންޖަމަން އޭނާ އަށް ލިބުމަކީ ބޮޑު ނަސީބެއް ކަމަށާއި އޭނާއަކީ ފުރިހަމަ މީހެއް ކަމަށެވެ.
އެމާ ކުޅެފައިވާ މަގްބޫލު ފިލްމުތަކުގެ ތެރޭގައި "މިޑްނައިޓް ސަން"، "ގާލް" އަދި "ހިމް އެންޑް ހާ" ހިމެނެއެވެ.