16 Apr 2021, 10:38
ރޯދަ މަހު ގިނަ މީހުން ބޭނުންވާނީ ހަށިގަނޑަށް ލުއި ބަނޑަށް ފަސޭހަ މީރު އެއްޗެއް ކާލާށެވެ. މިއަދު މި ކިޔައިދެނީ އެކަހަލަ އެއްޗެއް ތައްޔާރު ކުރާނެ ގޮތެވެ. ސަން ބަދިގޭގައި މިއަދު މި ގެނެސްދެނީ އެގް އެންޑް ވެޖްޓަބްލް ނޫޑްލްސް ތައްޔާރު ކުރާނެ ގޮތެވެ.
ބޭނުންވާނެ ތަކެތި
- 80 ގްރާމް ނޫޑްލްސް
- 50 ގްރާމް ކެރެޓް
- 30 ގްރާމް ވައިޓް ލީކްސް
- 30 ގްރާމް ގްރީމް ލީކްސް
- 30 ގްރާމް ސްވީޓް ކޯން
- އެއް ބިހުގެ ގޮބޮޅި
- 30 ގްރާމް ކޮށާފައި ހުރި މަޝްރޫމް
- 450 މިލިލިޓަރު ފެން
- 10 ގްރާމް ކުދިކޮށް ކޮށާފައި ހުރި ލޮނުމެދު
- 10 ގްރާމް ބަޓަރު
- ބޭނުން ނަމަ މިރުސް ކޮޅެއް
- ރަހަލާ ވަރަށް ލޮނު އަދި އަސޭމިރުސް
ތައްޔާރު ކުރާނެ ގޮތް
އެންމެ ފުރަތަމަ ތަވާ ހޫނުކޮށްލުމަށް ފަހު އެއަށް ބަޓަރު ކޮޅެއް އަޅާލާށެވެ. ދެން އެއަށް ކޮށާފައި ހުރި ލޮނުމެދު އަޅައި ރަތްކޮށްލާށެވެ. އެއަށް ފަހު ތަރުކާރީތައް އަޅާށެވެ. ތަރުކާރީ ދެ މިޓެއްހާރި ބެހެއްޓުމަށް ފަހު މަޑުވުމުން ފެންފޮދު އަޅާލާށެވެ. ދެން އެއަށް ނޫޑްލްސް އެޅުމަށް ފަހު ރަނގަޅަށް ކެކެންދެން ބަހައްޓާލާށެވެ.
އުނދުން މަތިން ބޭލުމުގެ ކުރިން މިރުސް ކޮޅާއި އަސޭމިރުސް އަދި ލޮނު އަޅައި ރަނގަޅަށް ރަހަ ހެޔޮވަރު ކޮށްލާށެވެ. އުނދުނުން ބާލައި ތައްޓަށް ސޫޕް އެޅުމަށް ފަހު އޭގެ ތެރެއަށް ބިހުގެ ގޮބޮޅި ލާށެވެ.
ޓައިޓްލް ސްޕޮންސާ: މަޑިހާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް
ލޮކޭޝަން ޕާޓްނާ: ޓައިޑްސް ކެފޭ
ގްރެފިކްސް: މޫސާ ޝިފާޒް
ވީޑިއޯ އަދި އެޑިޓިންގް: އިބްރާހިމް އިފާޒް، މުހައްމަދު ޝަފީއު
މަޑިހާ ކޮމްޕެނީއަކީ 1985 އިން ފެށިގެން ރާއްޖެއަށް ތާޒާ މޭވާ، ތަރުކާރީ އަދި ފިނިކުރި މަހުގެ ބާވަތްތައް އިމްޕޯޓުކޮށް ޑިސްޓްރިބިއުޓުކުރާ ކުންފުންޏެކެވެ. އިތުރު މައުލޫމާތު، މަޑިހާ ކޮމްޕެނީގެ ވެބްސައިޓުންލިބޭނެއެވެ.