ރާއްޖއިން އިތުރު 85 މީހަކު ކޮވިޑް19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

އެޗްޕީއޭ އިން އާންމުކުރި ހިސާބުތަކަށް ބަލާއިރު މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭ ހިމެނެނީީ މާލެ ސަރަހައްދުން 39 މީހަކު، އަތޮޅުތެރެއިން 38 މީހަކު އަދި ރިސޯޓުތަކުން އަށް މީހެކެވެ.

މިއާއެކު ރާއްޖެއިން 25،844 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ.

މިވަގުތު 2،628 މީހަކު ބައްޔަށް ފަރުވާ ހޯދަމުންދާއިރު 57 މީހަކު ތިބީ ހޮސްޕިޓަލުގައެވެ.

މި ބަލީގައި 67 މީހަކު ވަނީ ރާއްޖޭގައި މަރުވެފައެވެ.

ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަކީ 23،141 އެވެ. މިދިޔަ 24 ގަޑިއިރު ތެރޭ 160 މީހުން ވަނީ ބަލިން ފަސޭހަ ވެފައެވެ.