14 Apr 2021, 14:07
މި ރޯދަ މަހު "ސަން" އިން ގެނެސްދޭ ހާއްސަ ވީޑިއޯ ސީރީޒްތަކުގެ ތެރެއިން އެއް ސީރީޒް އަކީ މަގުބޫލު ޖިމް "ފިޓް ޒޯން" އާއި އެކީ ގެނެސްދޭ "ގެޓް އިން ދަ ޒޯން" އެވެ. ބަރުދަން ހުރިވަރުގައި ހިފަހައްޓަން ބޭނުންވާ ފަރާތްތަކާއި، ބަރުދަން ލުއިކުރަން ބޭނުންވާ ފަރާތްތަކާއި އަދި ބަރުދަން އިތުރުކުރަން ބޭނުންވާ ފަރާތްތަކަށްވެސް މި ސިރީޒްގެ އަލީގައި ކުރެވޭނެ ތަފާތު ކަސްރަތުތައް މި ރޯދަ މަހު ގެނެސްދެވޭނެ އެވެ.
މިގޮތުން ފުރަތަމަ އެޕިސޯޑުގައި ފިޓްޒޯނުގެ ސީނިއާ ޓްރެއިނާ ރިފާޝް ރިޔާޒް ބެލުންތެރިންނަށް މި ދޫކޮށްލަނީ ރޯޯދައަށް ހާޢްސަ ޗެލެންޖެކެވެ،
"މިއީ ފުދޭ ވަރަކަށް ފިޒިކަލީ ޑިމާންޑިން ޗެލެންޖެއް. އެކަމަކު ފިޓްޒޯން އިން ގަބޫލުކުރާ ގޮތުގައި ދުޅާހެޔޮ ސިއްހަތެއްގައި ހުރުމަކީ ކޮންމެހެން ބަލާބެލުމަށް މީހާގެ ހަށިގަނޑު ރީތިކުރުމެއް ނޫން. އެއީ ހަޔާތުގައި ދިމާވާ ކޮންމެ ފިޒިކަލް ޗެލެންޖަކާއިވެސް ކުރިމަތިލުމުގެ ގާބިލްކަން ހުރުން ދޯ،" ރިފާޝް ބުންޏެވެ.
ހުރިހާ ޖިންސަކަށްވެސް ހާޢްސަ މި ޗެލެންޖްގައި ބައިވެރިވުމަށްޓަކައި ބޭނުންކުރަންޖެހެނީ (#ފިޓްޒޯންރޯދަޗެލެންޖް) މި ހޭޝްޓެގް އެވެ. ޕޯސްޓްކުރައްވާ ނަތީޖާ ތަކުން އެންމެ ރަނގަޅު ނަތީޖާ ލިބޭ ފަރާތަކަށް ފިޓްޒޯން އިން އެއް މަހުގެ ޖިމް ފްރީކޮށް ލިބޭނެއެވެ.
ސްޓްރެސް ފިލުވާލަށް ވަރަށް ރަނގަޅު ވޯކްއައުޓެއްގެ ގޮތުގައި ރިފާޝް މި ވޯކްއައުޓް ސިފަކުރާއިރު މި ވޯކްއައުޓްގައި ހިމެނެނީ ތަފާތު 3 ކަސްރަތެކެވެ.
ބާޕީސް - 10 ރެޕްސް
- ހީލް ޓަޗް - 10 ރެޕްސް
- ރަޝިއަން ޓްވިސްޓް - 30 ރެޕްސް
މި ކަސްރަތުގެ 10 ރައުންޑް ފުރިހަމަކޮށްފައި އަވަހަށް އިންސްޓަގްރާމުގައި ޕޯސްޓްކޮށްލާށެވެ. މި ރޯދަމަސް ހަމައެކަނި ތެޔޮލީ ހެދިކާތަކާއި ފޮނިކާއެއްޗެހި ކެއުމުގައި ހޭދަނުކޮށް ފިޓްވެލުމަށް ފިޓްޒޯންއާއި އެކީ ކަސްރަތުކޮޅެއްވެސް ކޮށްލާށެވެ.