13 Apr 2021, 14:08
މިއަދު މަޑިހާ ސަން ބަދިގޭގައި ތައްޔާރުކޮށްލަން މިއުޅެނީ ރޯދަމަހު ރޯދަ ވީއްލާ ގަޑިއަށް ފަސޭހައިން ތައްޔާރު ކޮށްލެވޭނެ ހަށިގަނޑަށް ލުއި ކާއެއްޗެކެވެ.
ބޭނުންވާނެ ތަކެތި
- 8 ފޮތި ޕާން
- 150 ގްރާމް ފެނު ކައްކާފައި ގާނާފައި ހުރި ކެރެޓް
- 150 ގްރާމް ފެނުކައްކާފައި ގާނާފައި ހުރި ކެރެޓް
- 150 ގްރާމް ފެނުކައްކާފައި ކުދިކުދިކޮށް ކޮށާފައި ހުރި ބޮރޮކޮލީ
- 100 ގްރާމް މަޔޮނައިޒް
- ރަހަލާވަރަށް ލޮނާއި އަސޭމިރުސް
- ކުދިކޮށް ކޮށާފައި ހުރި ފިޔާ
- ކުދިކޮށް ކޮށާފައި ހުރި މިރުސް (ބޭނުން ނަމަ)
ތައްޔާރުކުރާނެ ގޮތް
އެންމެ ފުރަތަމަ ފެނު ކައްކައި ގާނާފައި ހުރި ކެރެޓްކޮޅާއި ބީޓްރޫޓް ކޮޅު ތައްޓަކަށް އަޅާށެވެ. ދެން އެއަށް މަޔޮނައިޒް އާއި ކޮށާފައި ހުރި ފިޔާ މިރުސް އަދި ލޮނާއި އަސޭމިރުސް އަޅާށެވެ. އެއަށް ފަހު ހުރިހާ އެއްޗެއް ރަނގަޅަށް އެއްކޮށްލާށެވެ.
ފެނުކައްފައި ގާނާފައި ހުރި ބޮރޮކޮލީ ކޮޅުވެސް ތައްޔާރު ކުރާނީ ހަމަ އެގޮތަށެވެ. މަޔޮނައިޒް އާއި ފިޔާ މިރުސް، ލޮނު އަދި އަސޭމިރުސް އަޅާފައި ރަނގަޅަށް އެއްކޮށްލާށެވެ.
އެއަށްފަހު ޕާންފޮތީގައި ތައްޔާރު ކުރި ޕޭސްޓް އުނގުޅާށެވެ. އުނގުޅާނީ ކޮންމެ ޕާންފޮއްޗެއްގައި ލޭޔާ އެކެވެ. ދެން ދެ ޕާންފޮތި އެއްކޮށްލީމާ އެ ނިމުނީ އެވެ.
ޓައިޓްލް ސްޕޮންސާ:މަޑިހާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް
ލޮކޭޝަން ޕާޓްނާ:ޓައިޑްސް ކެފޭ
ގްރެފިކްސް: މޫސާ ޝިފާޒް
ވީޑިއޯ އަދި އެޑިޓިންގް:އިބްރާހިމް އިފާޒް، މުހައްމަދު ޝަފީއު
މަޑިހާ ކޮމްޕެނީއަކީ 1985 އިން ފެށިގެން ރާއްޖެއަށް ތާޒާ މޭވާ، ތަރުކާރީ އަދި ފިނިކުރި މަހުގެ ބާވަތްތައް އިމްޕޯޓުކޮށް ޑިސްޓްރިބިއުޓުކުރާ ކުންފުންޏެކެވެ. އިތުރު މައުލޫމާތު،މަޑިހާ ކޮމްޕެނީގެ ވެބްސައިޓުންލިބޭނެއެވެ.