ރޯދަ މަހު ވެކްސިން ޖަހާނެ ވަގުތުތައް އެޗްޕީއޭއިން މިރޭ އާންމުކޮށްފި އެވެ.

އެޗްޕީއޭއިން ބުނީ، ރޯދަ މަހުގެ ފުރަތަމަ ދުވަސް ކަމުގައިވާ، މާދަމާ ވެކްސިން ސެންޓަރުތައް ބަންދުވާނެ ކަމަށެވެ. އެހެން ނަމަވެސް އަންގާރަ ދުވަހުން ފެށިގެން އަނެއްކާވެސް ވެކްސިން ޖަހާނެ އެވެ.

އެޗްޕީއޭއިން އާންމުކޮށްފައިވާ ވަގުތުތަކުން ރޯދަ މަހު ވެކްސިން ޖެހުމަށް ހަމަޖެހިފައިވަނީ ރޭގަނޑުގެ ވަގުތުގައެވެ.

ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ދެވޭނެ ސެންޓަރުތައް:

  • ސޯޝަލް ސެންޓަރު - 21:00 ން 23:00 އަށް

  • ނެޝަނަލް އާޓް ގެލަރީ 21:00 ން 23:00 އަށް
  • ރައްޔިތުންގެ މަޖްލިސް 21:00 ން 23:00އަށް
  • ހުޅުމާލެ ވެކްސިނޭޝަން ސެންޓަރ (ހުޅުމާލޭ ފްލޫ ކްލިނިކް ހުރި އިމާރާތް) 21:00 އިން 23:00އަށް
  • ވިލިމާލެ ޒުވާނުންގެ މަރުކަޒު 21:00 ން 23:00އަށް
    ސެނަހިޔާ 21:00 އިން 23:00 އަށް

ސިނޮފާމް ވެކްސިންގެ ފުރަތަމަ ޑޯޒް ދެވޭނެ ސެންޓަރުތައް:

  • ޓްރީޓޮޕް ހޮސްޕިޓަލް 21:00 އިން 23:00އަށް

ވެކްސިން ޖަހަންދާއިރު ބަލަންޖެހޭ ކަންތައްތައް:

  • ވެކްސިން ކާޑް ގެންދިއުމަށް (2 ވަނަ ޑޯޒް ޖަހާ ފަރާތްތައް)

  • އައިޑީ ކާޑު ނުވަތަ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއް ގެންދިއުން
  • ބަލީގެ އެއްވެސް އަލާމާތެއް ނެތުން އަދި ކަރަންޓީންގައި ހުރި މީހަކަށް ނުވުން
  • ގަޔަށް ދޫ، ފަސޭހައިން ވެކްސިންޖަހާތަން )ކޮނޑު( ދެއްކޭނެ ހެދުމެއްލުން
  • ވެކްސިންޖަހަން ދާއިރު ރަނގަޅަށް ކައިގެން ހުރުން
  • ވެކްސިން ޖަހަންދާއިރު އަމިއްލަ ފެންފުޅިއެއް ގެންދިއުން
  • ވެކްސިން ޖަހަންދާއިރު އެކުގައި އެކަކަށްވުރެ ގިނައިން ނުދިއުން
  • ބޭނުން ކުރަމުންދާ ބޭހެއްވާނަމަ ބޭހުގެ މައުލޫމާތު ގެންދިއުން