އިއްޔެ ރާއްޖެއިން 93 މީހުން ކޮވިޑް19 އަށް ޕޮޒިޓިވްވި ކަމަށް އެޗްޕީއޭ އިން ބުނެފި އެވެ.

އެޗްޕީއޭ އިން އާންމުކުރި ހިސާބުތަކަށް ބަލާއިރު އިއްޔެ މާލެ ސަރަހައްދުން 50 މީހަކު އަދި އަތޮޅުތެރެއިން 21 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. މީގެ އިތުރުން ރިސޯޓުތަކުންވެސް 22 މީހަކު ވަނީ އިއްޔެ ޕޮޒިޓިވް ވެފައެވެ.

މިވަގުތު ބަލި ޖެހިފައިވާ 2،990 އެކްޓިވް ކޭސް ރާއްޖޭގައި ހުރި އިރު، އޭގެ ތެރެއިން 72 މީހުންނަކީ ހޮސްޕިޓަލުން ބައްޔަށް ފަރުވާ ހޯދަމުންދާ މީހުންނެވެ.

ރާއްޖެއިން ކޮވިޑު ޖެހި ރަނގަޅުވި މީހުންގެ ޖުމްލަ އަކީ 22،551 އެވެ. ބަލީގައި 67 މީހަލު މިހާތަނަށް ރާއްޖޭގައި ވަނީ މަރުވެފައެވެ.